މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
މިއޮފީހުގައި ބެކަޕް ޕަވަރ ފެސިލިޓީއެއް ޤާއިމުކުރުމަށްބޭނުންވާ ކޮންސަލްޓަންސީގެ ޚިދުމަތް ދޭނެފަރާތެއް ހޯދުމަށް

އިޢުލާން                                    

ނަންބަރު: MMS-A/2017/11

މިއޮފީހުގައި ބެކަޕް ޕަވަރ ފެސިލިޓީއެއް ޤާއިމުކުރުމަށްބޭނުންވާ ކޮންސަލްޓަންސީގެ ޚިދުމަތް ދޭނެފަރާތެއް ހޯދުމަށް

މިއޮފީހުގައި ބެކަޕް ޕަވަރ ފެސިލިޓީއެއް ޤާއިމު ކުރުމަށް ބޭނުންވާ ކޮންސަލްޓަންސީގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ފުރަތަމަ އިއުލާނާއި ގުޅިގެން ތިން ފަރާތުން ބިޑްހުށަހަލާފައި ނުވާތީ އަލުން އިއުލާން ކުރީމެވެ. މިމަސައްކަތް ކޮށްދެއްވަން ޝައުގުވެރިވެލައްވާ ފަރާތްތަކުން 05 މާރިޗު 2017 ވާ އާދިއްތަ ދުވަހުގެ 13:00 އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުން އެދެމެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވަން ޝައުގުވެރިވެލައްވާ ފަރާތްތަކުން 09 މާރިޗު 2017 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 09 މާރިޗު 2017 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިއޮފީހުގައެވެ.

މިމަސައްކަތާއިގުޅޭ "ޓާރމްސް އޮފް ރެފެރެންސް" ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެއެވެ.

 http://www.meteorology.gov.mv/uploads/ToR_Consultancy_Service_to_Establish_Backup_Power_Facility.PDF

އިތުރު މަޢުލޫމާތު [email protected] އަށް މެއިލް ކޮށްލައްވައިގެން ނުވަތަ 3323084 އަށް ގުޅުއްވައިގެން ހޯއްދެވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ޙާޟިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ޤަބޫލު ނުކުރެވޭނެ ވާހަކަ ދެންނެވީމެވެ.         

 

30 ޖުމާދިލްއައްވަލު 1438

27 ފެބްރުއަރީ    2017     

 

27 ފެބުރުވަރީ 2017
ހޯދާ