ހުވަދުއަތޮޅު އުތުރުބުރީ ދެއްވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ފައިނޭންސް އޮފިސަރ (ޖީ.އެސް3)

މަޤާމު :         އެސިސްޓެންޓް ފައިނޭންސް އޮފިސަރ

ރޭންކް :             ޖީ. އެސް 3

ކްލިފިކޭޝަން :         އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާ ކުރަންޖެހޭ ތަން ސެކްޝަން/ ޔުނިޓް : ކޯޕަރޭޓް އެފެއަރޒު / ގއ. ދެއްވަދޫ ކައުންސިލްގެ އިދާރާ

މުސާރަ :            4465.00 ރުފިޔާ

ސަރވިސްއެލަވަންސް :    1500.00 ރުފިޔާ         

ބޭނުންވާ ޢަދަދު :         01

މުއްދަތު :             ވަގުތީ            

 

މަޤާމުގެ ޝަރުޠު ތައް :

  1. މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3  ގެ

                       ސަނަދެއް ޙާޞިލް ކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ

                       މަސައްކަތު ތަޖުރިބާ ލިބިފައިވުން،

 ނުވަތަ

  1. ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގެ 'ދިވެހި' މި މާއްދާއިން 'ސީ' ގްރޭޑް ލިބިފައިވުން.

 

މަޤާމުގެމަސްއޫލިއްޔަތު ތަކާއި   

ވާޖިބުތައް:

  1. އޮފީހުގެ ބަޖެޓަށް ލިބޭފައިސާއި، އެހެނިހެން ފައިސާގެ އެންމެހައި މުޢާމަލާތްތައް،  ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި، ޤަވާޢިދުގައިވާ ގޮތުގެ މަތިން ޒިންމާދާރުކަމާއެކު ހިންގާ ބެލެހެއްޓުން.

 އޮފީހުގެ ތިޖޫރީގައި ހުންނަ ފައިސާގެ ހިސާބު ލިޔެ ބެލެހެއްޓުން.

  1. ކައުންސިލްގެ އިދާރާއިން ކުރާ އެންމެހައި ޚަރަދުތައް ބެލެހެއްޓުމާއި ވައުޗަރާއި ޗެކްތައް، ރަޖިސްޓްރީ ފުރިހަމަކޮށް ބެލެހެއްޓުމާއި އެކައުންޓްތަކަށް ޖަމާކުރެވޭ ފައިސާގެ ހިސާބުތައް ބެލެހެއްޓުމާއި ފައިސާ ހަވާލުކުރަންޖެހޭ ފަރާތްތަކަށް ފައިސާ ހަވާލުކުރުން.
  2. ކައުންސިލްގެ އިދާރާގެ ބަޖެޓްގެ ފައިސާ އަދި ޚަރަދުތަކާއި ބެހޭގޮތުން ކުރަންޖެހޭ މުއާމަލާތްތައް ކުރުމާއި ކައުންސިލްގެ އިދާރާގެ އިސްވެރިންނަށް ބޭނުންވާ މަޢުލޫމާތު ދިނުމާއި ލަފާއެރުވުމާއި ބަޖެޓްގެ އައިޓަމްތަކުން ޚަރަދުކޮށްގެން ހޯދަންޖެހޭ ތަކެތި (ލިޔެކިއުމާއި، ފޮޅާ ސާފްކުރުމާއި، އެހެނިހެން ގޮތްގޮތުން ހޯދާތަކެތި) ހޯދުމާއި، ތަކެތި ސްޓޮކަށް ޖަމާކޮށް ސްޓޮކް ބަލަހައްޓާ މުވައްޒަފަކާއި ޙަވާލުކުރުން.
  3. އިންޕޯޓް ކުލި ، ބިމުކުލި ، އަދި އެހެނިހެން ގޮތް ގޮތުން ދައުލަތަށް ލިބެންޖެހޭ ފައިސާއި، ޖުރުމަނާގެ ގޮތުގައި ލިބެންޖެހޭ ފައިސާ ހޯދުމަށް ބާރު އެޅުމާއި، ފައިސާ ނުދައްކާ ފަރާތްތަކަށް އަންގަންޖެހޭ އެންގުންތައް އެންގުމާއި، އަޅަންޖެހޭ ފިޔަވަޅު ތައް އެޅުން.
  4. ފިޠުރުޒަކާތާއި މުދަލުޒަކާތުގެ ފައިސާ ނެގުމާއި، ފަޤީރުންނާއި މިސްކީނުންގެ ލިސްޓް ނެގުމާއި، އެ ލިސްޓްތައް ކަމާއިބެހޭ ފަރާތްތަކަށް ފޮނުވުމާއި، އަދި ޒަކާތަށް ލިބޭ ފައިސާއި ތަކެތި، މިނިސްޓްރީއޮފް އިސްލާމިކްއެފެއާޒުން އަންގަވައިފައިވާ ގޮތެއްގެ މަތިން ފަޤީރުންނާއި މިސްކީނުންނަށް، ބެހުމުގެ މަސައްކަތް ކުރުން.
  5. ނީލަން ކިޔަންޖެހޭ ތަކެތި ނީލަންކިޔުމާއިބެހޭ އިންތިޒާމުތައް ހަމަޖެއްސުމާއި، ނީލަންކިޔާ ތަކެއްޗާއި، އަދި ނައްތާލެވޭ ތަކެތީގެ ރެކޯޑް ބެލެހެއްޓުން.
  6. ކައުންސިލްގެ އިދާރާއަށް ބޭނުންވާ ހަރުމުދާ (މެޝިނަރީއާއި، ފަރުނީޗަރާއި، އެހެނިހެން ތަކެތ) ކައުންސިލުން ފާސްކޮށް ނިންމާ ގޮތެއްގެ މަތީން ލަސްނުކޮށް ދައުލަތުގެ މާލިއްޔަތު ގަވާއިދުގައިވާގޮތުގެ މަތީން ހޯދައި ބެލެހެއްޓުން.
  7. ކޮންމެ މަހަކު މުވައްޒަފުންގެ މުސާރައާއި އުޖޫރަ ދިނުމާބެހޭ އެންމެހައި ކަންތައްތައް (މުވައްޒަފުންގެ ޙާޟިރީ ރިޕޯޓާއި އިތުރުގަޑީގެ ރިޕޯޓްފަދަ މުހިންމު ލިޔުންތައް ބަލައި ޗެކް ކުރުމާއެކު، ކަމާބެހޭ ޤާނޫނާއި ގަވާއިދުތަކާއި، އުޞޫލުތަކާއި އެއްގޮތަށް) ކޮންމެ މަހެއްގެ އެންމެ ފަހު ދެދުވަހު މުވައްޒަފުންނަށް މުސާރަ ދިނުމަށް މަސައްކަތް ކުރުން.
  8. މަހުން މަހަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވަންޖެހޭ ފައިސާގެ އެންމެހައި ރިޕޯޓްތައް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ލިޔެތައްޔާރުކުރުމާއި، ފޮނުވަން ޖެހޭ ފަރާތްތަކަށް ފޮނުވުން.
  9. ކައުންސިލްގެ އިދާރާގެ ހުރިހާ މުވައްޒަފުން ޝާމިލުވެގެން ކުރަންޖެހޭ ކަންތައްތަކާއި، އަދި ދިމާވާ މުހިންމު ކަންތައްތަކާ ގުޅިގެން ކުރަންޖެހޭ އެހެނިހެން ރަސްމީ ކަންތައްތައް ކުރުން.

  އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް/ ސުންގަޑި:

                09މާރިޗް 2017 ވާ ބްރާސްފަތި ދުވަހުގެ މެންދުރު ފަހު 13:00 ގެ ކުރިން ހުވަދު އަތޮޅުއުތުރުބުރީ ދެއްވަދޫ ކައުންސިލްގެ އިދާރާއަށެވެ.

  ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަންފޯމް (އެޕްލިކޭޝަންފޯމް ދެއްވަދޫ ކައުންސިލްގެ އިދާރާއިންނާއި ، ސިވިލްސަރވިސް ކޮމިޝަނުގެ ވެބްސައިޓު www.csc.gov.mv އިން ލިބެންހުންނާނެއެވެ.
  2. ސިވިލްސަރވިސް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާ ކުރަމުންދާ ވަޒީފާއިން ވީއްލުމާއި މެދު އިޢްތިރާޟެއް ނެތްކަމަށް  އެމުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢްލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާލިޔުންތަކާއި، މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާއަކުން ދޫކޮށްފައިވާ ލިޔުންތައް.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެގޭ ފަދަ ކޮޕީއެއް.
  5.  ވަޒީފާއަށް އެދޭ  ފަރާތުގެ ވަނަވަރު (ސީވީ)

ވަޒީފާއަށް އެންމެ ޤާބިލު      ވަޒީފާގެ ޝަރުޠު ހަމަވުމުން (ކަނޑައެޅިފައިވާ އިންސައްތަ)

ފަރާތެއް ހޮވުމަށް ބެލެވޭ    ތަޢުލީމާއި ތަމްރީނު(ކަނޑައެޅިފައިވާ އިންސައްތަ%38)

ކަންތައްތައް :          މަސައްކަތުގެ ތަޖްރިބާ(ކަނޑައެޅިފައިވާ އިންސައްތަ%8)

                    އިންޓަވިޔު އަދި ޕްރެޒެންޓޭޝަން(ކަނޑައެޅިފައިވާ އިންސައްތަ%43)

 

ޝޯޓް ލިސްޓު ކުރުމާއި އިންޓަވިޔުކުރުން:

                   މި މަޤާމަށް މީހަކު ހޮވޮމަށް ބޭއްވޭ އިންޓަވިއު 2017 މާރިޗް 13 އާއި 2017 މާރިޗް 16 އާއި ދެމެދު ދެއްވަދޫ ކައުންސިލްގެ އިދާރާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

              

މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފް ކުރުމަށް ގުޅުއްވާނީ 6820023 ނުވަތަ 7996606 ނަންބަރ ފޯނަށެވެ.

 

30 ޖުމާދަލްޢައްވަލް  1438

                                  27  ފެބްރުވަރީ    2017

 

27 ފެބުރުވަރީ 2017
ހޯދާ