ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ކެޕިޓަލް މާކެޓް ޝަރީއާ އެޑްވައިޒަރީ ކައުންސިލަށް މެންބަރުން ހޯދުމާގުޅޭ

ކެޕިޓަލް މާކެޓް ޝަރީޢާ އެޑްވައިޒަރީ ކައުންސިލްގެ ގަވާއިދު (ނަންބަރު: 2013/R-585) ގެ ދަށުން، ކެޕިޓަލް މާކެޓާގުޅޭ ކަންކަމުގައި އޮތޯރިޓީއަށް ބޭނުންވާ ލަފާދިނުމަށް، ކެޕިޓަލް މާކެޓް ޝަރީޢާ އެޑްވައިޒަރީ ކައުންސިލެއް އެކުލަވާލާފައިވެއެވެ. މި ކައުންސިލާގުޅޭ އެންމެހައި ކަންކަން ކަނޑައަޅާފައިވަނީ މިގަވާއިދުގެ ދަށުންނެވެ. ކެޕިޓަލް މާކެޓް ޝަރީޢާ އެޑްވައިޒަރީ ކައުންސިލްގެ ގަވާއިދު އޮތޯރިޓީގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

މިވަގުތު މި ކައުންސިލުގެ ބައެއް ޖާގަ ހުސްވެފައިވުމާއެކު ކައުންސިލުގެ މެންބަރުކަމަށް ކުރިމަތިލެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކަށް މި ފުރުސަތު ހުޅުވާލަމެވެ.

 ކައުންސިލް މެންބަރުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް:

  • ޝަރީޢާއިން މާސްޓަރޒް ޑިގްރީއެއް ހާސިލްކޮށްފައިވުން، ނުވަތަ؛
  • ބައިނަލްއަޤްވާމީ ސެކިއުރިޓީޒް ކޮމިޝަނެއް ނުވަތަ ކެޕިޓަލް މާކެޓް ރެގިއުލޭޓްކުރާ ރެގިއުލޭޓަރީ އޮތޯރިޓީއެއްގެ ހުއްދަ ލިބިފައިވާ ނުވަތަ ރަޖިސްޓަރީކޮށްފައިވާ ޝަރީޢާ އެޑްވައިޒަރެއް ކަމުގައިވުން، އަދި؛
  • އޮތޯރިޓީން ގަބޫލުކުރާ ފެންވަރުގެ ތަޖުރިބާ، އިސްލާމިކް ކެޕިޓަލް މާކެޓްގެ ދާއިރާއިން، ނުވަތަ އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ލިބިފައިވާކަމަށް، އޮތޯރިޓީއަށް ފެނުން؛
  • އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރަކަށް، ނުވަތަ އޮތޯރިޓީއިން ރެގިއުލޭޓްކުރާ ފަރާތެއްގެ ދާއިމީ މުވައްޒަފަކަށް ނުވުން، އަދި އޮތޯރިޓީއިން ރެގިއުލޭޓްކުރާ ފަރާތެއްގެ ބޯޑުގެ ޑިރެކްޓަރަކަށް ނުވުން.

 ކައުންސިލްގެ ޒިންމާތައް:

  • އޮތޯރިޓީން ހުށަހަޅާ މައްސަލަތަކުގައި ޝަރީޢާ ލަފާ އަދި ރޫލިންގ ފޯރުވައިދިނުން؛
  • އޮތޯރިޓީއިން ރެގިއުލޭޓްކުރާ ފަރާތަކުން ހުށަހަޅާ މައްސަލައެއްގައި ޝަރީޢާ ލަފާ އަދި ރޫލިންގ ފޯރުވައިދިނުން؛
  • އިސްލާމިކް ކެޕިޓަލް މާކެޓް ދެމެހެއްޓުމުގައި ފޯރުވައިދޭންޖެހޭ އެހެންވެސް ޝަރީޢާ ލަފާ ނުވަތަ ރޫލިންގ ދިނުން.

 ހުށަހަޅަންޖެހޭ މަޢުލޫމާތު:

  • މެމްބަރުކަމަށް ޝައުގުވެރިކަން ފާޅުކޮށް ފޮނުވާ ސިޓީ
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ސީ.ވީ އަދި އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތައް

އިނާޔަތްތައް:

  • ކައުންސިލްގެ ކޮންމެ ބައްދަލުވުމަކަށް 1,500.00 ރުފިޔާ.

 ވީމާ، ކެޕިޓަލް މާކެޓް ޝަރީއާ އެޑްވައިޒަރީ ކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލައްވަން ބެނުންފުޅުވާ ފަރާތްތަކުން 9 މާރިޗު 2017 ވާ ބުރާސްފަތި ދުވަހުގެ 15:00ގެ ކުރިން މަތީގައި ދަންނަވާފައިވާ މައުލޫމާތު މިއޮތޯރިޓީއަށް ހުށަހެޅުުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް މިއޮތޯރިޓީގެ ނަންބަރު 3336619 ފޯނަށް ގުޅުއްވުން އެދެމެވެ.

 ٢٩ جمادى الأولى ١٤٣٨

26   ފެބްރުވަރީ  2017   

27 ފެބުރުވަރީ 2017
ހޯދާ