ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2016 ވަނަ އަހަރުގެ ނޮވެންބަރުގައި ބޭއްވުނު އެޑެކްސެލް އޭލެވެލް އިމްތިޙާނުގެ ނަތީޖާ ސްލިޕް (ސްޓޭޓްމަންޓް އޮފް ރިސަލްޓްސް) ދޫކުރުން.

ނަންބަރު: IUL)120/120/2017/8 )


އިޢުލާން

2016 ވަނަ އަހަރުގެ ނޮވެންބަރުގައި ބޭއްވުނު އެޑެކްސެލް އޭލެވެލް އިމްތިޙާނުގެ ނަތީޖާ ސްލިޕް (ސްޓޭޓްމަންޓް އޮފް ރިސަލްޓްސް) ދޫކުރުން.

2016 ވަނަ އަހަރުގެ ނޮވެންބަރު މަހުގައި ބޭއްވި އެޑެކްސެލް އިންޓަރނޭޝަނަލް އޭލެވެލް އިމްތިޙާނުގެ ނަތީޖާ ސްލިޕް 2017 ފެބުރުވަރީ 27 ވަނަ ދުވަހުން ފެށިގެން 2017 މާރިޗު 12 ގެ ނިޔަލަށް މިޑިޕާޓްމަންޓުން ދޫކުރާނެއެވެ. ނަތީޖާ ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 0830 ން 13.30އަށެވެ. ސެންޓަރުތަކުން ދޫކުރާ ދުވަހެއް ކަނޑައަޅާނީ އެ ސެންޓަރަކުންނެވެ.  

މިޑިޕާޓްމަންޓް މެދުވެރިކޮށް އަމިއްލަ ގޮތުން އިމްތިޙާނުގައި ބައިވެރިވި ކެންޑިޑޭޓުންގެ ނަތީޖާއާ ޙަވާލުވުމަށް އަންނައިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެނައުން އެދެމެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ، ކެންޑިޑޭޓުގެ އައި.ޑީ.ކާޑާއި، ޙަވާލުވާ ފަރާތުގެ އައިޑީކާޑު ގެންނަންވާނެއެވެ. ސެންޓަރުތަކުގެ ނަތީޖާ ޙަވާލުކުރެވޭނީ ސެންޓަރުގެ ލިޔުމަކާއި އެއަންނަ މީހެއްގެ އައި.ޑީ ކާޑު ގެނައުމުންނެވެ.

ނަތީޖާ ރީޗެކްކުރުމަށް ބޭނުންވާ ކެންޑިޑޭޓުން، އެކަމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު 2017 މާރިޗު 15 ވަނަ ދުވަހުގެ 1200 ގެ ކުރިން ހުށަހެޅުން އެދެމެވެ. ސެންޓަރެއް މެދުވެރިކޮށް އިމްތިޙާނުގައި ބައިވެރިވި ކެންޑިޑޭޓުން ރީޗެކްކުރުމަށް ހުށަހަޅާނީ އިމްތިޙާނުގައި ބައިވެރިވި ސެންޓަރަކަށެވެ. ރީޗެކް ފީޝީޓު މިޑިޕާޓްމަންޓުންނާއި ސެންޓަރުތަކުން ލިބެން ހުންނާނެއެވެ.

29 ޖުމާދަލްއޫލާ 1438

26 ފެބުރުވަރީ 2017 

26 ފެބުރުވަރީ 2017
ހޯދާ