ދިވެހިރާއްޖެ
މި އޮފީހަށް ތިރީގައިމިވާ ތަކެތި ހޯދުމަށް ކުރި، މި އޮފީހުގެ ނަންބަރު
IUL)7-ADMN/1/2017/5) އިޢުލާނާއި ގުޅިގެން ތިންފަރާތަކުން ޝަރުތު ހަމަވާ އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ އެ އިޢުލާން ބާޠިލުކޮށް، މި މިތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އެ ކަމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
ޢަދަދު |
ތަކެތި |
4 |
ލެޕްޓޮޕް |
މި ދެންނެވުނު ތަކެއްޗާއި ޕޮއިންޓު ދޭނެ އުސޫލާއި އަދި ބިޑާއި ބެހޭ އިތުރު މަޢުލޫމާތު ތިރީގައި މިވާ މިއޮފީހުގެ ވެބްސައިޓުގެ ލިންކުން ލިބިވަޑައިގަންނަވާނެއެވެ.
http://www.audit.gov.mv/procurement-announcements.aspx
ވީމާ، މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 5 މާރިޗު 2017 ވާ އާދީއްތަ ދުވަހުގެ 14:00 އަށް މިއޮފީހަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވާ ދުވަހުގެ 14:00 ގެ ފަހުން އަންދާސީހިސާބު ހުށަހެޅުމަށް ހާޞިރުވާ ފަރާތްތައް ހޯލަށް ނުވެއްދޭނެ ވާހަކަވެސް ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ދުވަސްދުވަހުގެ ހެނދުނު 10:00 ން މެންދުރުފަހުގެ 14:00 އާއި ދެމެދު 3348228 އަދި 3348227 ނަންބަރު ފޯނާއެވެ.