ލޭބަރ ރިލޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާއާބެހޭ އިންސްޕެކްޝަންތަކާއި ގުޅޭ

a

 

ލޭބަރ ރިލޭޝަންސް އޮތޯރިޓީ                                                                                                                   

   މާލެ                                                                                                                              

  ދިވެހިރާއްޖެ                                                                          

                                       ނަންބަރ: (IUL)458/458/2017/3  

އިޢުލާން

      

މި އޮތޯރިޓީގެ ވަޒީފާއާއި ބެހޭ އޮފިސަރުން މާލޭގައި ހިންގަމުންދާ ސައިހޮޓާ، ކެފޭ އަދި ރެސްޓޯރަންޓްތަކަށް ޒިޔާރަތްކޮށް، ވަޒީފާއާ ބެހޭ ޤާނޫނާއި އަދި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދު ތަކުގައި ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތްތައް ޢަމަލުކުރުން ލާޒިމްކުރާ ކަންތައްތަކަށް ޢަމަލުކުރަމުން ގެންދޭތޯ ބަލައި ޗެކުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އެހެންކަމުން، މި މަސައްކަތުގައި ޙަރަކާތްތެރިވާ މި އޮތޯރިޓީގެ ވަޒީފާއާ ބެހޭ އޮފިސަރުންނަށް ވަޒީފާއާއި ބެހޭ ޤާނޫނުގެ 9 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ހުރިހާ ފަރާތްތަކަކުންވެސް ވަޒީފާއާއި ބެހޭ އޮފިސަރުންނަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދެއްވުމަށް ދެންނެވީމެވެ.

  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް  3306167ނުވަތަ  3306180 ނުވަތަ 3306176 މިއިން ފޯނު ނަންބަރަކަށް ގުޅުއްވުން އެދެމެވެ.

އީމެއިލް އެޑްރެސް: [email protected]

 

 

26 ޖުމާދަލްޢޫލާ 1438

 23ފެބްރުވަރީ 2017

23 ފެބުރުވަރީ 2017
ހޯދާ