ފުނަދޫ ސްކޫލް
ދިވެހިރާއްޖެ
15 ވައިޓްބޯޑް ގަތުމަށް

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

މި ސްކޫލްގެ ނަމްބަރު ((IUL)GS-59-B/PRIV/2017/9) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ އެއިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

މި ސްކޫލަށް ބޭނުންވާ 15 ވައިޓްބޯޑް ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 މާރިޗް 1 ވާ ބުދަ ދުވަހުގެ 14:00 އަށް މި ސްކޫލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 2017 މާރިޗް 8 ވާ ބުދަ ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

އަދި ދަންނަވަމެވެ، މަޢުލޫމާތު ސާފުކުރަންވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި މައުލޫމާތު ސާފުކުރަށްވަން ވަޑައިގަންނަވާއިރު އައިޑި ކާޑު ގެންނެވުމަށް ސަމާލުކަންދެއްވުން އެދެމެވެ.

25 ޖުމާދަލްއައްވަލް 1438

22 ފެބްރުއަރީ 2017

22 ފެބުރުވަރީ 2017
ހޯދާ