ދިވެހިރާއްޖެ
ކީރިތި ޤުރްއާނާބެހޭ މަރްކަޒު
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
މާލެ، ދިވެހިރާއްޖެ
އިޢުލާން |
ވަޒީފާގެ ފުރުޞަތު |
ނަންބަރ: (IUL)160-A/1/2017/11 ތާރީޚް: 20 ފެބުރުވަރީ 2017 |
މަޤާމު |
އެޑްމިނިސްޓްރޭޓިވް އޮފިސަރ ( ވަގުތީ) |
ބޭނުންވާ ޢަދަދު: 3 |
މުސާރަ: |
ދުވާލަކު މަދުވެގެން 6 ގަޑިއިރު، ގަޑިއެއްގެއިރަށް -/50 ރުފިޔާ |
މުއްދަތު: މުބާރާތުގެ މަސައްކަތްކޮށް ނިމެންދެން |
މަސައްކަތްކުރަންޖެހޭތަން: |
ކީރިތި ޤުރްއާނާބެހޭ މަރްކަޒު |
|
ސެކްޝަން: |
އެކަޑަމިކް |
މަޤާމުގެ ޝަރުޠު: |
|
މަޤާމުގެ މަސައްކަތް: |
1 ވަނަ އިންޓަ ސްކޫލް ޤުރްއާން މުބާރާތުގެ އިދާރީގޮތުން ކުރަންޖެހޭ ބައެއް މަސައްކަތްތައްކުރުން |
ހުށަހަޅަންޖެހޭ ލިޔުންތައް: |
1. ވަޒީފާއަށް އެދޭ ފޯމު. 2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެޓެސްޓްކޮށްފައި) 3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. 4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔުންތައް ސާފުކޮށް ކިޔަން އެނގޭ) 5. ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު (ސީވީ) |
ވަޒީފާއަށް ޤާބިލް ފަރާތެއް ހޮވުމަށް ބޭލޭނެ ކަންތައްތައް |
- ކޮމްޕިއުޓަރަށް ފަރިތަވުން - މައިކްރޯ ސޮފްޓް އޮފީސް، އެކްސެލް، ކޯރަލް ޑްރޯއަށް ފަރިތަވުން - ވަޒީފާގެ ދާއިރާގެ މަސައްކަތުގެ މަޢުލޫމާތު ލިބިފައިވާ މިންވަރު. - މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު. - ޖިސްމާނީ ޤާބިލްކަމާއި، ނަފްސާނީ ޤާބިލުކަމާއި، ފަންނީ ޤާބިލްކަން ހުރި މިންވަރު. |
ސުންގަޑި: |
މިމަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، 01 މާރިޗު 2017 ދުވަހުގެ 13.30 ގެ ކުރިން، މަތީގައި ބަޔާންކުރެވުނު ތަކެތި މި މަރްކަޒަށް ހުށަހެޅުއްވުން އެދެން. |
އިންޓަވިއު އޮންނާނެ ތާރީޚް |
މި މަޤާމަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ ތަޢްލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. މި މަޤާމަށް ކުރިމަތިލާ، މަޤާމުގެ ޝަރުޠު ހަމަވާ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަވިއު، މި އިޢުލާނަށް މުއްދަތު ހަމަވާތާ ދެ ހަފްތާގެ ތެރޭގައި މާލޭގައި އޮންނާނެއެވެ. |
އިތުރު މަޢުލޫމާތު: |
|