ވަޒީފާގެ ފުރުޞަތު
|
ތާރީޚް
|
21 ފެބުރުވަރީ 2017
|
ނަންބަރު
|
(IUL)168-CA/1/2017/06
|
ކޯޕަރޭޓް އެފެއާޒް ޑިޕާޓްމަންޓް
|
މަޤާމު:
|
އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
ބޭނުންވާ ޢަދަދު:
|
01 (އެކެއް)
|
މަސައްކަތް ކުރަންޖެހޭ ތަން:
|
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ
|
މުސާރައާއި ޢިނާޔަތްތައް:
|
- މުސާރަ: މަހަކު -/9,550 ރުފިޔާ
- ލިވިންގ އެލަވަންސް -/3000 ރުފިޔާ
- ސާރވިސް އެލަވަންސް -/3500 ރުފިޔާ
މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
|
ރަސްމީ ގަޑި
|
ހެނދުނު 8.00 އިން މެންދުރުފަހު 15.00 އަށް
|
ޝަރުޠު:
|
- މަސައްކަތާ ގުޅޭ ދާއިރާއަކުން ޑިޕްލޮމާ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގެންގުޅޭ މިންގަޑުގެ 5 ވަނަ ސަނަދު) ހާސިލް ކޮށްފައިވުމާއެކު މަޤާމާގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
- މަސައްކަތާ ގުޅޭ ދާއިރާއަކުން އެޑްވާންސް ސެޓްފިކެޓް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގެންގުޅޭ މިންގަނޑުގެ 4 ވަނަ ސަނަދު) ހާސިލްކޮށްފައި ވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއެއްގައި 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
- ކޮމިޝަންގެ ސެކްރެޓަރީގެ ފެންވަރުގެ މަޤާމެއްގައި މަދުވެގެން 5 އަހަރު އުޅެ މަސައްކަތުގެ ފެންވަރު ވަޒަންކޮށް އެވަރޭޖް %90 މާރކްސް ލިބިފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު
|
- ކޮމިޝަންގެ އިދާރީ ހިންގުން ހަރުދަނާކުރުމަށް ހަދަންޖެހޭ އިދާރީ އުސޫލްތައް އެކުލަވާލުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- އެއްގަމާއި، ކަނޑާއި އަދި ވައިގެ މަގުން ރާއްޖޭގެ އެތެރޭގައި ކޮމިޝަނުން ކުރަންޖެހޭ އަދި ކޮމިޝަނުން ކުރުމަށް ރާވާފައިވާ ދަތުރުތައް އެދަތުރުކުރުމަށް ކޮމިޝަނުން ކަނޑައަޅާފައިވާ މުއްދަތުގައި ކުރެވޭނޭ ގޮތުގެ އިންތިޒާމުކުރުން. އަދި ދަތުރުތަކުގެ އިދާރީ އިންތިޒާމްތަކާ ގުޅިގެން ކުރަންޖެހޭ އެންމެހާ މުއާމަލާތްތައް ކުރުން.
- ކޮމިޝަނަށް ގަންނަންޖެހޭ ތަކެތި ގަތުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން. އަދި ގަންނަ ތަކެތި ލިބުމުން ސްޓޮކް ބަލަހައްޓާ މުވައްޒަފާ ހަވާލުކުރުން.
- ކޮމިޝަންގެ އެކި ޚިދުމަތްތަކަށް ބޭނުންވާ ޕަރޗޭސްއޯޑަރ(ޕީއޯ) އާއެކު ބޭނުންވާ ކޯޓޭޝަން ތައްޔާރުކުރުމުގެ މަސައްކަތް ކުރުން އަދި ޕީއޯތައް ފައިލްކޮށް ބަލަހައްޓާ ބިލް ލިބުމުން ބޭނުންވާ ސަޕޯޓިންގ ޑޮކިއުމަންޓްސްތަކާއެކު ބަޖެޓް މުވައްޒަފުންނަށް ހަވާލުކުރުން.
- ކޮމިޝަންގެ އަހަރީ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތުތައް ތައްޔާރުކޮށް އަހަރީ ރިޕޯޓް އެކުލަވާލުމުގައި އަމަލީގޮތުން ކުރަންޖެހޭ މަސައްކަތް ކުރުން.
- ކޮމިޝަންގެ އަހަރީ ރިޕޯޓް ފޮނުވަންޖެހޭ ފަރާތްތަކަށް ކަޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފޮނުވުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވާ، އަހަރީ ރިޕޯޓާއި ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.
- ކޮމިޝަނުން އަތޮޅު ތެރެއަށް އަދި ރާއްޖޭން ބޭރަށް ކުރުމަށް ރާވާ ދަތުރުތައް، އެދަތުރު ކުރުމަށް ކޮމިޝަނުން ކަނޑައަޅާފައިވާ މުއްދަތުގައި ކުރެވޭނޭ ގޮތުގެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތް ކުރުން. އަދި ދަތުރުތަކުގެ އިދާރީ އިންތިޒާމްތަކާ ގުޅިގެން ޙަވާލުކުރެވޭ އެންމެހައި އެމައްސައްކަތް ކުރުން.
- ޑިޕާޓްމަންޓްގެ އަހަރީ ވާރކް ޕްލޭން ހެދުމުގަ އާއި އަހަރީ ބަޖެޓް ހެދުމުގައި އެހީތެރިވުން.
- ކޮމިޝަނަށް އަންނަ އަދި ފޮނުވާ ލިޔެކިއުންތައް ބަލަހައްޓާ ނިޒާމް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އެހެން ޑިޕާރޓްމަންޓްތަކާ ގުޅިގެން ކުރުން.
- ކޮމިޝަންގެ މެއިންޓަނަންސް މަސައްކަތްތައް ބަލަހައްޓާ، ކޮމިޝަންގެ ހުރިހާ ހަރުމުދަލެއް ހުރި ހާލަތު ދެނެގަނެ އެތަކެތި މަރާމާތު ކުރަންޖެހޭ މަސައްކަތް ކުރުން. އަދި މަރާމާތު ކުރެވޭ ތަކެއްޗާއި އެތަކެތީގެ ހާލަތު އެނގޭނެ ރިޕޯޓު، ކަނޑައެޅިފައިވާ ގޮތުގެމަތިން ތައްޔާރުކުރުން.
- ކޮމިޝަންގެ މެމްބަރުންނަށް ދެވޭ އިންޝުއަރަންސްގެ ކަންތައްތައް ބެލެހެއްޓުމުގައި ކުރަންޖެހޭ މަސައްކަތް ކުރުން.
- ކޮމިޝަންގެ ފައިލިންގ ސިސްޓަމް ބެލެހެއްޓުން އަދި ކަނޑައަޅާފައިވާ އުސޫލާއެއްގޮތަށް ލިޔެކިއުންތައް ފައިލްކޮށް ބެލެހެއްޓުން.
- ކޮމިޝަންގެ ޕްރޮކިއުމަންޓް މަސައްކަތްތައް ބެލެހެއްޓުމާއި ޕްރޮކިއުމަންޓް ރިޕޯޓް ގަވާއިދުން ކޮންމެ މަހަކު އެއްފަހަރު ތައްޔާރުކޮށް ޑިރެކްޓަރއާ ހިއްސާކުރުން.
- ކޮމިޝަނުން ބޭނުންވެއްޖެ ހާލަތެއްގައި ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުން.
- އަދި މިނޫންވެސް ކޮމިޝަނުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ހަރަކާތްތަކުގައި ބައިވެރިވުން.
|
މަޤާމު:
|
އެސިސްޓެންޓް ބަޖެޓް އޮފިސަރ
|
ބޭނުންވާ ޢަދަދު:
|
01 (އެކެއް)
|
މަސައްކަތް ކުރަންޖެހޭ ތަން:
|
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ
|
މުސާރައާއި ޢިނާޔަތްތައް:
|
- މުސާރަ: މަހަކު -/9,550 ރުފިޔާ
- ލިވިންގ އެލަވަންސް -/3000 ރުފިޔާ
- ސާރވިސް އެލަވަންސް -/3500 ރުފިޔާ
މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
|
ރަސްމީ ގަޑި
|
ހެނދުނު 8.00 އިން މެންދުރުފަހު 15.00 އަށް
|
ޝަރުޠު:
|
- މަސައްކަތާ ގުޅޭ ދާއިރާއަކުން ޑިޕްލޮމާ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގެންގުޅޭ މިންގަޑުގެ 5 ވަނަ ސަނަދު) ހާސިލް ކޮށްފައިވުމާއެކު މަޤާމާގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
- މަސައްކަތާ ގުޅޭ ދާއިރާއަކުން އެޑްވާންސް ސެޓްފިކެޓް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގެންގުޅޭ މިންގަނޑުގެ 4 ވަނަ ސަނަދު) ހާސިލްކޮށްފައި ވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއެއްގައި 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
- ކޮމިޝަންގެ ސެކްރެޓަރީގެ ފެންވަރުގެ މަޤާމެއްގައި މަދުވެގެން 5 އަހަރު އުޅެ މަސައްކަތުގެ ފެންވަރު ވަޒަންކޮށް އެވަރޭޖް %90 މާރކްސް ލިބިފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު
|
- ކޮމިޝަނަށް އަންނަ ބިލްތަކަށް ޕޭމެންޓް ވައުޗަރ ތައްޔާރުކުރުން.
- ކޮމިޝަނުން ފައިސާ ދެއްކުމަށް ތައްޔާރުކުރާ ވައުޗަރތައް އޭއެސްޕީ މެދުވެރިކޮށް ޕްރޮސެސް ކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުން.
- ކޮމިޝަނުގެ މުވައްޒަފުން ރާއްޖޭގެ އެތެރޭގައި ކުރާ ދަތުރުތަކާއި ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކަށް ހަމަޖައްސަންޖެހޭ ފައިސާގެ އެންމެހައި ކަންތައް ހަމަޖެއްސުން.
- ކޮމިޝަންގެ ފަރާތުން ރީއިމްބާރސް ކުރަންޖެހޭ ފައިސާގެ މުޢާމަލާތު ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.
- ކޮމިޝަންގެ އަހަރީ ރިޕޯޓްތައްޔާރުކުރުމަށް ބޭނުންވާ މާލީ ބަޔާންތައްޔާރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- ކޮމިޝަންގެ ވައުޗަރ ރަޖިސްޓްރީ ގަވާއިދުން ބެލެހެއްޓުން.
- ކޮމިޝަންގެ އަތްމަތީ ފައިސާއާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތް ކުރުމާއި، އަތްމަތީ ފައިސާގެ ހިސާބު ގަވާއިދުން ބަލަހައްޓަމުން ގެންދިއުން.
- މަސައްކަތާއި ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް ކަނޑައެޅިފައިވާ ތާރީޚަށް ނިންމުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.
- ބަޖެޓުގެ މަސައްކަތްތަކާ ގުޅިގެން އެކި ފަރާތްތަކަށް ފޮނުވަންޖެހެ ސިޓީ ތައްޔާރުކޮށް، ފޮނުވުން.
- ކޮމިޝަންގެ އަހަރީ ރިޕޯޓަށް ބޭނުންވާ މާލީ ބަޔާން ތައްޔާރުކުރުމަށް ކުރަންޖެހޭ މަސައްކަތް، ކަނޑައެޅޭ ތާރީޚަށް ކޮށް ނިންމުން.
- ކޮމިޝަންގެ އަހަރީ ބަޖެޓް ތައްޔާރުކުރުމާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި މަސައްކަތް ކުރުން.
- ބަޖެޓް ޑިސްޓްރިބިއުޝަން ހެދުމާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި މަސައްކަތް ކުރުން.
- ފައިސާއާއި ބެހޭ ލިޔެކިޔުންތައް ގަވާއިދުން ބެލެހެއްޓުން.
- ފައިސާއާ ގުޅޭ ކަންކަމުގައި މުޢާމަލާތުކުރަންޖެހޭ ދައުލަތުގެ އެންމެހައި މުއައްސަސާތަކާ މުޢާމަލާތުކުރުން.
- އަދި މިނޫންވެސް، ފައިސާއާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި މަސައްކަތް ކުރުން.
- ކޮމިޝަނުން ބޭނުންވެއްޖެ ހާލަތެއްގައި ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުން.
- އަދި މިނޫންވެސް ކޮމިޝަނުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ހަރަކާތްތަކުގައި ބައިވެރިވުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު
- މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާފަދަ ތަޢުލީމީ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް، އެޓެސްޓް ކޮށްފައިވާ ކޮޕީއެކެވެ).
- ސެޓްފިކެޓް ނުލިބި ވާނަމަ ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުން ދޫކޮށްފައިވާ ލިޔުންތަކުގެ އެޓެސްޓެޑް ކޮޕީ. އަދި މިހާރު ވަޒީފާއެއްގައި އުޅޭ ފަރާތެއްނަމަ، ވަޒީފާގައި އުޅޭކަމުގެ އެޓެސްޓްކޮށްފައިވާ ލިޔުން.
|
ސުންގަޑި
|
27 ފެބުރުވަރީ 2017 ވަނަ ދުވަހުގެ 14:00 ގެ ކުރިން
|
އެހެނިހެން
|
- މިމަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ. އަދި ޕްރޮބޭޝަން މުއްދަތުގެ ޕާފޯމަންސް ރިވިއުއަށް ބަލައި، އިތުރަށް ވަޒީފާގައި ބަހައްޓަން ކޮމިޝަނަށް ފެންނަނަމަ، ވަޒީފާ ދާއިމީ ކުރެވޭނެއެވެ.
- ސާރވިސް އެލަވަންސް އަދި ލިވިންގ އެލަވަންސް ލިބޭނީ ޕްރެބޭޝަން މުއްދަތު ނިމި ވަޒީފާ ދާއިމީ ވާ ދުވަހުން ފެށިގެންނެވެ.
- މިމަޤާމަށް ކޮމިޝަނުގެ މުވައްޒަފަކު ހޮވުނުކަމުގައި ވީނަމަވެސް 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ގުނޭނެއެވެ. އެހެންނަމަވެސް އެހެނިހެން އެލަވަންސްތައް މެދުނުކެނޑި ލިބޭނެއެވެ.
- މިމަޤާމުގެ އިންޓަވިއުއަށް ދެންނެވޭނީ ގިނަވެގެން 10 ކެނޑިޑޭޓުންނަށެވެ. މިމަޤާމަށް 10 ފަރާތަށް ވުރެން އިތުރަށް ކުރިމަތިލައްވައިފިނަމަ ޝޯޓް ލިސްޓް ކުރުމަށް ފުރަތަމަ ދެވޭނީ ތިއަރީ ޓެސްޓެކެވެ. އިންޓަވިއުއަށް ދެންނެވޭނީ ތިއަރީ ޓެސްޓްގެ ނަތީޖާއާއި ތަޢުލީމީ ފެންވަރަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ 10 ފަރާތަށެވެ. 10 ފަރާތަށްވުރެ މަދުން ކުރިމަތިލައިފިނަމަ، ތިއަރީ ޓެސްޓް ދެވޭނީ އިންޓަރވިއުއަށްފަހުއެވެ.
- ކޮމިޝަނުގެ ވަޒީފާއަކަށް ކޮމިޝަނުގެ މެމްބަރެއްގެ ނުވަތަ ކޮމިޝަނުގެ މުވައްޒަފެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
- މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
- އެޕްލިކޭޝަން ފޯމު ކޮމިޝަންގެ ވެބްސައިޓް އަދި ކައުންޓަރުން ލިބެން ހުންނާނެއެވެ.
- އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3003122 ނުވަތަ 3003168 އަށެވެ.
|
|
|
|
|