ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓްކޯޓް
ދިވެހިރާއްޖެ
އެސިސްޓެންޓް ލީގަލް އޮފިސަރ

G2MC/2017/05

ވަޒީފާގެ ފުރުޞަތު

16 ފެބްރުއަރީ 2017

 

ރޭންކް: އެލް. އެސް 2

އެސިސްޓެންޓް ލީގަލް އޮފިސަރ

މަޤާމް

ކްލެސިފިކޭޝަން: އެސިސްޓެންޓް ލީގަލް އޮފިސަރ

1 (އެކެއް)

އަދަދު

ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓް / ޅ.ނައިފަރު

މަސައްކަތް ކުރަންޖެހޭ ތަން

-/9412 (ނުވަހާސް ހަތަރުސަތޭކަ ބާރަ ރުފިޔާ)

މުސާރަ

-/3000 ރ. (ތިންހާސް ރުފިޔާ)

ސަރވިސް އެލަވަންސް

-/2550 ރ. (ދެހާސް ފައްސަތޭކަ ފަންސާސް ރުފިޔާ)

ލިވިންގ އެލަވަންސް

އަސާސީ މުސާރައިގެ %50

ޖުޑީޝަލް އެލަވަންސް

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

އިތުރުގަޑީގެ ފައިސާ

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ޝަރީއަތާ ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާސިލްކޮށްފައިވުން

އަސާސީ ޝަރުތު

  1. ޝަރުޢީ ސެކްޝަންގެ މަސައްކަތްތައް ރާވައި އިންތިޒާމްކޮށް، ސެކްޝަނުގައި ޤާނޫނީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް އިސްވެކުރުން
  2. ލީގަލް ސެކްޝަނަށް އަންނަ ޖަވާބުދާރީވާންޖެހޭ ލިޔެކިއުންތަކަށް މެޖިސްޓްރޭޓްގެ ލަފާގެމަތިން ޖަވާބުދާރީވުން.
  3. ޝަރީޢަތް ނިންމި ގޮތުގެ ރިޕޯޓް ޑްރާފްޓްކުރުން
  4. އަތޮޅު ކޯޓުތަކުގެ ހަފްތާ ރިޕޯޓް އެކުލަވާލައި (މުޅި އަތޮޅުގެ ކޮމްބައިން ރިޕޯޓް) ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ފޮނުވުން
  5. އެކިކޯޓުތަކުން ބަޔާން ނެގުމަށް ފޮނުވާ މެސެޖްތަކަށް މެޖިސްޓްރޭޓްގެ ލަފާގެމަތިން ބަޔާން ނެގުން
  6. ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ފޯމުތައް ބަލައިގަނެ ރަޖިސްޓްރީވުމުގެ ކުރިން ދަޢުވާ ފޯމާއި، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާފައިވަނީ ފުރިހަމައަށްތޯ ޗެކްކުރުން. 
  7. ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަނެ، އެފިޔަވަޅުތައް އެޅުމުގައި މެޖިސްޓްރޭޓުންނަށް އެހީތެރިވެދިނުން
  8. އަގު ކޮމިޓީގެ މަސައްކަތް ބެލެހެއްޓުން
  9. ކޯޓަށް ހުށަހެޅޭ ވަރި، ކާވެންޏާއި، އެގްރިމެންޓް ރަޖިސްޓްރީކުރުމާގުޅޭ އިދާރީ މަސައްކަތްތައް ސެކްޝަންގެ އިސް މުވައްޒަފެއްގެ ޙައިސިއްޔަތުން ކުރުވުން.
  10. ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ފިޔަވަޅުތައް އެޅުމުގައި މެޖިސްޓްރޭޓުންނަށް އެހީތެރިވެދިނުން.
  11. ނިމޭ ޤަޟިއްޔާތަކާ ގުޅިގެން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުމުގައި ސެކްޝަނުގެ އިސް މުވައްޒަފެއްގެ ޙައިސިއްޔަތުން އެމަސައްކަތް ކުރުން.
  12. ޝަރީޢަތް ނިމުނުގޮތުގެ ރިޕޯރޓް ފޮނުވަންޖެހޭ ފަރާތްތަކަށް ކަނޑައެޅިފައިވާ މުއްދަތުގައި ފޮނުވުމާއި އަދި ރިޕޯރޓް ހޯދަން އެދޭފަރާތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ މުއްދަތުގައި ޤަވާއިދުން ދޫކުރުން.
  13. މީގެ އިތުރުންވެސް ކޯޓުގެ ވެރިން ޙަވާލުކުރައްވާ ރަސްމީ މަސައްކަތްތައް ކުރުން.

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު

 

  1. ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދި ހުށަހަޅާފޯމް (މިފޯމް ނައިފަރު މެޖިސްޓްރޭޓް ކޯޓުން ލިބެން ހުންނާނެއެވެ.)
  2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ދައުލަތުގެ މުއައްސަސާއަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  3. މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ދައުލަތުގެ މުއައްސަސާއަކުން ތައްގަނޑު ޖަހާފައިވާ އަސްލު) (ފުރިހަމަ ކުރައްވާފައިވާ ކޯސްތަކުގެ ސެޓްފިކެޓާއެކު ލިބިފައިވާ ޓްރާންސްކްރިޕްޓްގެ ކޮޕީ ހުށަހަޅަން ވާނެއެވެ.)
  4. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ދައުލަތުގެ މުއައްސަސާއަކުން ތައްގަނޑު ޖަހާފައިވާ އަސްލު) (ވަޒީފާއެއްގައި އުޅޭނަމަ ނުވަތަ އުޅެފައިވާނަމަ އަދާކުރި ނުވަތަ އަދާކުރާ ވަޒީފާގެ ނަމާ، މަސްއޫލިއްޔަތު، އަދި އެވަޒީފާގައި ހޭދަވީ މުއްދަތާ ވަޒީފާގެ ރޭންކް އެނގޭނެ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
  5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

ހުށަހަޅަންޖެހޭ ތަކެތި

27 ފެބްރުއަރީ 2017 ވަނަ ދުވަހުގެ 14:00 ގެ ކުރިން ޅ.ނައިފަރު މެޖިސްޓްރޭޓްކޯޓަށް ވަޒީފާއަށް އެދޭ ފޯމާއިއެކު ހުށަހެޅުއްވުން އެދެމެވެ.

ސުންގަޑި

ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކޮށް އަދި ފޯމާއެކު ހުށަހަޅަންޖެހޭކަމަށް ބަޔާންކޮށްފައިވާ ތަކެތި ބަޔާންކޮށްފައިވާ ގޮތަށް ހުށަހަޅާފައި ނުވާނަމަ އެފޯމް ބާޠިލް ވާނެއެވެ.

އިތުރު މަޢުލޫމާތު

20 ފެބުރުވަރީ 2017
ހޯދާ