ދިވެހިރާއްޖެ
ބިމެއް ކުއްޔަށް ދިނުމާބެހޭ
މިރަށުގެ ސިނާޢީ ސަރަޙައްދުގައި، ކުރިން އެހެން ފަރާތަކަށް ކުއްޔަށްދީ، ވަކިކުރެވިފައިވާ 523346.19 އަކަފޫޓުގެ ބިމެއް ( އައުޓްލައިން ޗާރޓްގައި ފާހަގަ ކުރެވިފައިވާ ) ވިޔަފާރި އުޞޫލުން ކުއްޔަށް ދިނުމަށް ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިބިން ވިޔަފާރިއުޞޫލުން ކުއްޔަށް ހިފަން ޝައުޤުވެރިވާ ފަރާތްތަތަކުން ތިރީގައި ބަޔާންކޮށްފައިވާ މަޢުލޫމާތާއި އެއްގޮތަށް " ކުލީބިމަށް އެދޭފޯރމް " މިއިދާރާއިން ބައްލަވައިގަތުމަށްފަހު، ބީލަން ހުށަހެޅުއްވުން އެދެމެވެ.
ތަފްޞީލް |
މުއްދަތު |
ގަޑި |
ތަން |
ކުލީބިމަށް އެދޭ ފޯރމް ވިއްކުން ( ކުލީބިމަށް އެދޭ ފޯރމް ވިއްކުމަށް ހަމަޖެހިފައިވަނީ 2000.00 ރުފިޔާއަށް ) |
1 މާރޗް 2017 ވާ ބުދަ ދުވަހުން ފެށިގެން 14 މާރޗް 2017 ވާ އަންގާރަ ދުވަހަށް |
ރަސްމީ ކޮންމެ ދުވަހެއްގެ 09:00 ފެށިގެން 12:00 އަށް |
ހިންމަފުށީ ކައުންސިލްގެ އިދާރާ |
ޕްރީބިޑް މީޓިންގ |
16 މާރޗް 2017 ބުރާސްފަތި |
13:30 ގައި |
ހިންމަފުށީ ކައުންސިލްގެ އިދާރާ |
ބީލަން ހުށަހެޅުން ( ކުލީބިމަށް އެދޭފޯރމް ހުށަހެޅުން ) |
21 މާރޗް 2017 ވާ ހޯމަ ދުވަސް |
12:00 އަށް |
ހިންމަފުށީ ކައުންސިލްގެ އިދާރާ |
" ކުލީބިމަށް އެދޭފޯމް " ވިއްކާ އަގަކީ -/2000ރ ( ދެހާސް ރުފިޔާ ) އެވެ. ބިޑްގަންނަން ލިބޭނީ ކައުންސިލުން ދޫކުރާ ބިޑްފޯމް ގަތުމަށްއެދޭ ފޯމްފުރިހަމަކޮށް ހުށަހެޅުއްވުމުންނެވެ.
ފޯމް ހުށަހެޅުއްމަށް ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަފޯރމްތަކާއި، ބިޑްފޯމް ގަންނަ ފަރާތް ނޫން އެހެން ފަރާތްތަކުން ހުށަހަޅާ ފޯމްތައް ބަލައި ގަނެވެން ނޯންނާނެކަން މިފުރުޞަތުގައި ދަންނަވަމެވެ. މިބިމާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި 6642024 ނަންބަރު ފޯނާއެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
20 ފެބުރުއަރީ 2017