އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް ޤާނޫނީ ވަކީލުން އަހުލުވެރިކުރުމަށްޓަކައި ބާއްވާ 03 ދުވަހުގެ ޓްރެއިނިންގ ޕްރޮގްރާމްގައި ބައިވެރިވެޑައިގެންނެވުމަށްޓަކައި ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލުން

                                                                                                        ނަންބަރު: (IUL)32-C/1/2017/7    

އިޢުލާން

 

ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް ޤާނޫނީ ވަކީލުން އަހުލުވެރިކުރުމަށްޓަކައި ބާއްވާ 03 ދުވަހުގެ ޓްރެއިނިންގ ޕްރޮގްރާމްގައި ބައިވެރިވެޑައިގެންނެވުމަށްޓަކައި ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލުން

 

މި އޮފީހާއި، ޔޫ.އެން.ޑީ.ޕީ އާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަދި އެންޓި-ކޮރަޕްޝަން ކޮމިޝަން ގުޅިގެން ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް އަހުލުވެރިކުރުވުމުގެ ޕްރޮގްރާމްތަކެއް މި އަހަރުގެ ފެބްރުއަރީ އަދި މާރިޗު މަހުގައި ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

 

މިގޮތުން، 5، 6 އަދި 7 މާރިޗު 2017 ގައި ހިންގުމަށް ހަމަޖެހިފައިވާ ޓްރެއިނިންގ ޕްރޮގްރާމަކީ ޤާނޫނީ ވަކީލުންނަށް ޙާއްޞަކުރެވިގެން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. އަދި އެ ޕްރޮގްރާމުގައި ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ލިބިފައިވާ ޤާނޫނީ ވަކީލުންގެ ތެރެއިން 20 ފަރާތެއް ހިމެނުމަށް ހަމަޖެހިފައިވާތީ، އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

 އިސްވެ ދެންނެވުނު ޓްރެއިނިންގ ޕްރޮގްރާމުގައި ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ފަރާތްތަކަށް އިސްކަން ދީގެންކަމަށްވާތީ، އެ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަންނަވަން ޝައުޤުވެރިވެލައްވާ ޤާނޫނީ ވަކީލުން އެކަމަށް އެދިވަޑައިގެން 27 ފެބްރުއަރީ 2017 ގެ 14:00 ގެ ކުރިން މި އޮފީހަށް ސިޓީއަކުން ހުށަހަޅުއްވައިދެއްވުން އެދެމެވެ.

 

23 ޖުމާދަލްއޫލާ  1438

20  ފެބްރުއަރީ  2017

20 ފެބުރުވަރީ 2017
ހޯދާ