ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްސަލް ދަނޑުގައި 6ބެންޗް ހެދުމާއި، ވަށާފާރު ކުލަ ލުމުގެ މަސައްކަތް

ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ

    ތ. މަޑިފުށި، ދިވެހިރާއްޖެ

                                                     ނަމްބަރ: IUL)384-A/2017/ 13)

 

އިޢުލާން 

ފުޓްސަލް ދަނޑުގައި 6ބެންޗް ހެދުމާއި، ވަށާފާރު ކުލަ ލުމުގެ މަސައްކަތް:

                  މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ފުޓްސަލް ދަނޑުގައި 6ބެންޗު ހަދައި އަދި ދަނޑުގެ ވަށާފާރުގައި ކުލަލުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 02 މާރިޗު 2017ވާ ބުރާސްފަތި ދުވަހުގެ 13:00އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފްކުރުމަށްފަހު، 08 މާރިޗު 2017ވާ ބުދަ ދުވަހު 13:00އަށް މިއިދާރާއަށް އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފް ކުރެއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކަށް އެސްޓިމޭޓް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ.

 

                މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

              23 ޖުމާދުލްއޫލާ 1438  

              20 ފެބުރުވަރީ 2017

20 ފެބުރުވަރީ 2017
ހޯދާ