ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

ވަޒީފާގެ ފުރުޞަތު   

މި އިދާރާގެ މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ރޭންކް:

ޖީ. އެސް 3

ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ސެކްޝަން:

ކޯޕަރޭޓް އެފެއަރޒް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ

މުސާރަ:

-/4465 ރުފިޔާ

ސަރވިސް އެލަވަންސް:

-/1500 ރުފިޔާ

ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ޝަރުޠުތައް:

1-      އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމަންޓް / ހިޔުމަން ރިސޯސް މެނޭޖުމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމަންޓް / ހިޔުމަން ރިސޯސް މެނޭޖުމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން،  

  ނުވަތަ

2-      ސާނަވީއިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން ''ޑީ'' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާންގައި ''ދިވެހި'' މި މާއްދާއިން ދަށްވެގެން ''ސީ'' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1-      އައިޑީ ކާޑު ހެދުމުގެ އެންމެހާ އިދާރީ މަސައްކަތް ކުރުމާއި  އެކަމާއި ގުޅުންހުރި އެންމެހާއި ލިޔެކިޔުން ފައިލްކޮށް ބެލެހެއްޓުން.

2-      އެއްގަމު އުޅަނދުގެ ލައިސަންސް ހެދުމުގެ އެންމެހާއި އިދާރީ މަސައްކަތް ކުރުމާއި އެކަމާއި ގުޅުންހުރި ލިޔެކިޔުން ފައިލްކޮށް ބެލެހެއްޓުން.

3-      މަސްވެރިކަމުގެ ލައިސަންސްއާއި ގުޅުންހުރި އެންމެހައި މަސައްކަތްތައް ކުރުން.

4-      ދަނޑިވެރިކަމާއި ގުޅުންހުރި އެންމެހައި މަސައްކަތްތައް ކުރުން.

5-      ރަށުގެ އާސާރީ ތަންތަނުގެ ދަފުތަރު ބަލަހައްޓައި އިދާރާއިން އަންގާގޮތެއްގެ މަތިން އެމަސައްކަތް ކުރުން.  

6-      ކަރަންޓް، ލޯނު އަދި ސަބްސިޑީ އަދި މިނޫނަސް މިކަމާއި ގުޅުންހުރި  އެންމެހައި ކަންކަން އިދާރާއިން އަންގާ ގޮތެއްގެ މަތިން ކުރުން.  

7-      އިދާރާގެ ސެކިއުރިޓީކުރާގޮތް ސްޕަވައިޒުކޮށް ބެލެހެއްޓުން.

8-      ކައުންސިލް އިދާރާގެ ކައުންޓަރުގައި މަސައްކަތްކުރުން.

9-      ކައުންސިލް ބިއުރޯގައި މަސައްކަތް ކުރުން.

10-  ރަށުގެ ބިމާއި ބެހޭ އެންމެހާއި މަސައްކަތް ކުރުން.

11-  އަލަށް އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ރެކޯޑު ބެލެހެއްޓުން.

12-  ރަށުގެ ތަފާސް ހިސާބު ނަގައި ބެލެހެއްޓުން.

13-  ރަށުގެ ރަށްވެހިންގެ ރަޖިސްޓްރީ ބެލެހެއްޓުމާއި ރަށްވެހިނުވެ ދިރިއުޅޭމީހުންގެ ތަފާސް ހިސާބު ބެލެހެއްޓުން.

14-  ބިދޭސީންގެ ދަފުތަރު ލިޔެބެލެހެއްޓުމާއި، އެކަމާއި ގުޅުންހުރި އެންމެހާއި ކަންކަންކުރުން.

15-  އުފަންދުވަހުގެ ރަޖިސްޓްރީއާއި ސެޓްފިކެޓް ހަދައިދިނުން.

16-  65 އަހަރުން މަތީ މީހުންގެ ރަޖިސްޓްރީ ބެލެހެއްޓުމާއި އެކަމާއި ގުޅުން ހުރި އެންމެހާއި ކަންތައްތައްކުރުން.

17-  ޙާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ރަޖިސްޓރީ ބެލެހެއްޓުމާއި އެކަމާއި ގުޅުންހުރި އެންމެހާއި ކަންތައްތައްކުރުން. 

18-  ފާހަގަކުރާ ރަސްމީ ދުވަސްތަކާއި މުނާސަބަތުތައް އިދާރާއިން އަންގާގޮތެއްގެ މަތިން އިންތިޒާމުކުރުން.

19-  ކައުންސިލް އިދާރާއަށް ބޭރުންލިބޭ ތަކެތި ބަލައިގަނެ އެތަކެތި ހުޅުވައި އެންޓުރީ ސިސްޓަމްގައި ރަޖިސްޓްރީ ކުރުމާއި އިދާރާއިން ބޭރަށް ފޮނުވަންޖެހޭ ތަކެތި، އެތަކެތި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

20-  އިދާރާއަށް އަންނަ ލިޔެކިޔުންތައް ފައިލްކުރުމާއި އިދާރާއިން ބޭރަށް ފޮނުވާ ލިޔެކިޔުންތައް ފައިލްކޮށް ފައިލިންގ ސިސްޓަމް ގަވާއިދުން ބެލެހެއްޓުމާއި ފައިލިންގ ސިސްޓަމުން ހޯދަންޖެހޭ ލިޔެކިޔުންތައް ބޭނުންވެއްޖެ ހާލަތެއްގައި އެބޭނުންވާ ސެކްޝަން/ޔުނިޓަކަށް ހޯދައި ފޮޓޯކޮޕީ ނަގައި ހަވާލުކުރުން.

21-  އަންނަ ފޯނު ކޯލުތަކަށް ޖަވާބްދިނުމާއި ރަނގަޅު މަޢުލޫމާތު ފޯރުވައިދެވޭނެ ފަރާތަކަށް ފޯނުކޯލްތައް ޕާސްކުރުން.

22-  ސެކްޝަން/ޔުނިޓްތަކަށް ބޭނުންވާ ތަކެތީގެ ސްޓޮކް ހޯދައި ޤަވައިދުން ބެލެހެއްޓުން.

23-  ސެކްޝަން/ޔުނިޓްތަކަށް ބޭނުންވާ ލިޔެކިޔުންތައް ފޮޓޯކޮޕީ ނެގުމާއި، ބައިންޑް ކުރަންޖެހޭ ލިޔެކިޔުންތައް ބައިންޑްކުރުމާއި ފެކުސް/މެއިލް ކުރަންޖެހޭ ލިޔެކިޔުންތައް ޤަވައިދުން ފެކުސް/މެއިލް ކުރުމާއި ބައެއްކަހަލަ ލިޔުކިޔުންތައް ފޯމެޓްކުރުން.

24-  ކައުންސިލްގެ އިދާރގެ މުވައްޒަފުން އަދި މިސްކިތު މުވައްޒަފުންގެ ހާޟިރީ، ޗުއްޓީ ސަލާމް ރެކޯޑު އަދި އިދާރީ ބައިގެ އެންމެހައި ލިޔެކިޔުންތައް ޤަވައިދުން ބެލެހެއްޓުން.

25-  ކައުންސިލް ބައްދަލުވުން ތަކުގެ އެޖެންޑާ ތައްޔާރުކޮށް ހަވާލްކުރުމާއި، ބައްދަލުވުންތައް އިންތިޒާމް ކުރުން.

26-  ކައުންސިލް ބައްދަލުވުންތަކުގެ ނިންމުންތަކާއި، ޔައުމިއްޔާ ދުވަހުންދުވަހައްލިޔެ، މެންބަރުންނަށް ފޮނުވުމާއި، ފާސްކުރެވޭ ޔައުމިއްޔާތައް ފައިލްކޮށް ބެލެހެއްޓުން.

27-  ކައުންސިލްގެ އިދާރާގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔެ ފުރިހަމަ ކުރުމާއި މުވައްޒަފުންގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ފުރިހަމަކުރުން.

28-  ރަށަށް ވަޑައިގަންނަވާ ވަފްދުތަކާއި އެކިއެކި ބޭފުޅުން ކައުންސިލާއި ބައްދަލު ކުރައްވާނަމަ އެ ބައްދަލުވުން ތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.

29-  ކައުންސިލް ފަރާތުން ރައްޔިތުންނާއި ބައްދަލު ކުރައްވާނަމަ އެބައްދަލުވުން ތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.

30-  އިދާރީ ސެކްޝަނުން ފޮނުވަންޖެހޭ ސިޓީ މެސެޖު އެންމެހައި ލިޔެކިޔުންތައް ލިޔެ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

31-  ފައިސާއާއި ބެހޭ ރިޕޯޓްތައް ހެދުމާއި ފައިސާއާއި ބެހޭ މަސައްކަތްކުރުން.

32-  ކައުންސިލްގެ އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލްކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މުވައްޒަފަކު ހޮވުމަށް ބާއްވާ އިންޓަވިއު ބާއްވާނެ ތަނާއި މުއްދަތު ނުވަތަ ތާރީޚް ކަނޑައެޅި ހަމަޖެހުމުން މަދުވެގެން ރަސްމީ 2 ދުވަސް ކުރިން މިމަގާމަށް އެދުނު ފަރާތްތަކަށް ލިއުމަކުން އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

އެޕްލިކޭޝަން ފޯމް ހުށަހަޅާނީ، 09 ފެބްރުއަރީ 2017 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން އިސްދޫ ކައުންސިލްގެ އިދާރާއަށެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

1-      ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ފޯމު މިއިދާރާގެ އޮފީހުންނާއި ސިވިލްސަރވިސް ކޮމިޝަންގެ ވެބްސައިޓުން (www.csc.gov.mv) ލިބެން ހުންނާނެއެވެ.

2-      ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3-      ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

    (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

 (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓް ކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުންތައް.

     (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައް.

 

4-      ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5-      ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން އޮތް އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް (އައިޑީ ކާޑުގެ އަސްލު އިންޓަރވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.)

6-      މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން (އެތަނުގެ ތައްގަނޑު ޖެހި) ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

7-      ވަޒީފާ އަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)

ވަޒީފާއަށް އެންމެ ޤާބިލު

ފަރާތެއް ހޮވުމަށް ބެލޭނެ

ކަންކަން:

  • - ތަޢުލީމާއި ތަމްރީނު
  • - މަސައްކަތުގެ ތަޖުރިބާ
  • - އިންޓަރވިއު

އިތުރު މަޢުލޫމާތު:

- މަޤާމަށް އެދި އެޕްލިކޭޝަން ފޯމާއި އެކު ހުށައެޅި ލިޔުންތަކުގެ އަސްލު، އިންޓަރވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ. މި ލިޔުންތައް، އެޕްލިކޭޝަނާއެކު ހުށަހެޅި ތަކެތީގެ ޞައްޙަކަން ކަށަވަރުކުރުމަށްފަހު، އަނބުރާ ޙަވާލުކުރެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ ރަސްމީ ގަޑީގައި 6800709 ނަންބަރު ފޯނާއެވެ.

26 ޖަނަވަރީ 2017
ހޯދާ