މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އިޢުލާން

                                                                                ނަންބަރު: IUL)MMPRC-HR/1/2017/19)

އިޢުލާން

 މި ކޯޕަރޭޝަނުގެ އިރުޝާދާ އެއްގޮތަށް 1 އަހަރުގެ މުއްދަތަށް ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތައް ބޭނުންވާ ފޮޓޯ ނަގައިދޭނެ 5 ފަރާތެއް ހޯދަން ބޭނުންވެގެން 13 ފެބުރުއަރީ 2017ގައި ކުރެވުނު ނަންބަރު IUL)MMPRC-HR/1/2017/15) އިޢުލާނަށް ބަދަލުތަކެއް އައިސްފައިވާތީ އެ އިޢުލާން ބާތިލްކޮށް އަލުން މިކަމަށް އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2017 ފެބުރުވަރީ 20 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް ވެލާނާގެ 04 ވަނަ ފަންގިފިލާގައި ހުންނަ މި ކޯޕަރޭޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 ފެބުރުވަރީ 28ވާ އަންގާރަ ދުވަހުގެ 10:00އަށް މި ކޯޕަރޭޝަނަށް ވަޑައިގެން ޕްރޮޕޯސަލް ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލާނުގަނެވޭނެ ވާހަކަ ދެންނެވީމެވ. އިތުރު މަޢުލޫމާތު މި ކޯޕަރޭޝަނުގެ ވެބްސައިޓް އިން ( http://visitmaldives.com/mmprc-initiates-photography-ambassadors-program/)  އާއި އަދި މިކޯޕަރޭޝަންގެ 3323228 ނަންބަރު ފޯނާ ގުޅުއްވައިގެން ލިބިލައްވާނެވެ.

19 ޖުމާދުލްއޫލާ 1438

16 ފެބުރުވަރީ 2017

 

16 ފެބުރުވަރީ 2017
ހޯދާ