މަގާމް
|
ޕްރޮޖެކްޓް އޮފިސަރ
|
ބޭނުންވާ އަދަދު
|
01 (އެކެއް)
|
ހަމަޖައްސާ ސެކްޝަން: އަޢުޤްފް އެންޑް އިންފްރާސްޓްރަކްޗަރ ޑިވަލޮޕްމަންޓް ސެކްޝަން
|
ރޭންކް
|
އެމް. އެސް 1
|
ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
މުސާރަ މަހަކު
|
-/5,610 ރުފިޔާ
|
ސާރވިސް އެލަވަންސް މަހަކު : -/2,000 ރުފިޔާ
|
މަގާމުގެ ޝަރުތު
|
1. މަގާމު މަސައްކަތާ ގުޅޭ ދާއިރާއަކުން (އާކިޓެކްޗަރ ނުވަތަ އިންޖިނިއަރިން ނުވަތަ ކޮންސްޓްރަކްޝަން މެނޭޖްމަންޓް ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ދާއިރާއިން) ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
2. މަގާމު މަސައްކަތާ ގުޅޭ ދާއިރާއަކުން (އާކިޓެކްޗަރ ނުވަތަ އިންޖިނިއަރިން ނުވަތަ ކޮންސްޓްރަކްޝަން މެނޭޖްމަންޓް ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ދާއިރާއިން) ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ
3. މަގާމު މަސައްކަތާ ގުޅޭ ދާއިރާއަކުން (އާކިޓެކްޗަރ ނުވަތަ އިންޖިނިއަރިން ނުވަތަ ކޮންސްޓްރަކްޝަން މެނޭޖްމަންޓް ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ދާއިރާއިން) ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.
|
މަގާމުގެ މައިގަނޑު މަސްޢޫލިއްޔަތު
|
މަގާމުގެ މައިގަނޑު މަސްޢޫލިއްޔަތު:
- މާލެއާއި ރަށްރަށުގައި ކުރިއަށްދާ ޕްރޮޖެކްޓްތަށް މޮނީޓަރ ކުރުމަށާއި ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް ހިނގަމުންދާގޮތް މެނޭޖްކޮށް ބެލެހެއްޓުން.
- ޕްރޮޖެކްޓްތައް ހިނގަމުންދާ ގޮތުގެ ރިޕޯޓް ތައްޔާރުކޮށް ކަމާގުޅުންހުރި ފަރާތްތަކަށް ހުށަހެޅުން.
- ކޮންޓްރެކްޓަރުންނާއި، ކޮންސަލްޓެންޓުންގެ މީޓިންތައް ރާވައި ދިމާވާ މައްސަލަތައް ބަލައި ޙައްލުކުރުން
- މަސައްކަތް ހިނގަމުންދާ ގޮތް ބެލުމަށް ކޮންޓްރެކްޓަރުންނާއި، ކޮންސަލްޓެންޓުންނާއެކު ސައިޓްތަކަށް ދިއުން.
- ކޮންޓްރެކްޓަރުންނާއި، ކޮންސަލްޓެންޓުން ފޮނުވާ ބިލްތައް ޗެކްކޮށް އެންޓަރކޮށް އަޕްޑޭޓްކުރުން.
- ރާއްޖެތެރޭގައި އަލަށް ޢިމާރާތްކުރަމުންދާ މިސްކިތްތަކުގެ މަސައްކަތް ދާގޮތް ބަލައި މޮނިޓަރ ކުރުމަށްޓަކައި ކުރަންޖެހޭ ދަތުރުތައް އިންތިޒާމުކޮށް ޢަމަލީ ގޮތުން ބައިވެރިވުން.
- ކޮންމެ އަހަރަކު ޕީ.އެސް.އައި.ޕީ އަށް ލިބޭ ޕްރޮޖެކްޓް ތަކުގެ ހިސާބުތައް ވަކިވަކިން ބާކީކޮށް ބެލެހެއްޓުމާއި ޕްރޮޖެކްޓްތައް ކުރިއަށް ގެންދިޔުމުގައި އޮންނަ ވޭރިއޭޝަން ތަކުގެ ހިސާބުތައް އެނގޭނެހެން ބެލެހެއްޓުން.
- ޕީ.އެސް.އައި.ޕީ. ޕްރޮޖެކްޓްތައް ޙަވާލުކުރެވޭ ފަރާތްތަކުން ހުށަހަޅާ ބިލްތައް ޗެކްކޮށް އެޕްރޫވް ކުރުމަށްފަހު ބިލްތަކަށް ފައިސާ ދޫކުރުމަށްޓަކައި ބަޖެޓަށް ފޮނުވުން.
9 އަހަރުން އަހަރަށް ތައްޔާރު ކުރަންޖެހޭ ބަޖެޓް ތައްޔާރު ކުރުމުގައި އަތޮޅުތަކާއި މާލޭގެ މިސްކިތްތަކަށް ހޯދަންޖެހޭ ތަކެއްޗާއި އެހެނިހެން ޚަރަދުތައް ބެލުން
|
ވަޒީފާއަށް އެދޭ ފޯމާއެކު ހުށައަޅަންޖެހޭ ލިޔުންތައް
|
- ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު. (ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު، މި މިނިސްޓްރީގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. ( ރާއްޖެއިން ބޭރުގެ ތަޢުލީމީ އިންސްޓިޓިއުޓަކުން ނުވަތަ ރާއްޖޭގެ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ އިންސްޓިޓިއުޝަނެއްގެ ކޯހެއްނަމަ،މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން ފެންވަރު ބަލާފައިވާ ސެޓުފިކެޓުގެ ސެޓުފިކެޓުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރުމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކުރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ )
- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. ( މަސައްކަތް ކުރިތަނުން މަސައްކަތްކުރި ތަންތަނުން މަސައްކަތްކުރި މުއްދަތާއި މަގާމާއި މަސްޢޫލިއްޔަތު ބަޔާންކޮށްފައިވާ )
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި މަސައްކަތުގެ ތަކުރިބާ ދެނެގަތުމަށް،މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. (ސީވީ ). ( ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް )
|
މަސައްކަތް ކުރުމަށް ހަމަޖެހިފައިވާތަންއަ ގަޑި: މި މަގާމަށް ހަމަޖައްސާ މުވައްޒަފު މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ 08:00 ން 14:00 އަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް / އިސްލާމީ މަރުކަޒުގައެވެ.
- މިމަޤާމަށްއިންޓަރވިއުކުރެވޭނީމަޤާމުގެޝަރުޠުހަމަވާ،ތަޢުލީމީފެންވަރުއެންމެމަތީ 10 ފަރާތަކާއެވެ.
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ މައިގަނޑު ކަންތައްތައް: ތަޢުލީމީ ގޮތުން އެންމެ މަތީ މާކްސް ލިބިފައިވާ ފަރާތަށާއި މަސައްކަތުގެ ދާއިރާ އިން ލިބިފައިވާ ތަޖުރިބާ އަދި އިންޓަވިއުއިން އެންމެ މަތީ މާކްސް ލިބިފައިވާ ފަރާތަކަށެވެ.
|
ސުންގަޑި
- 2017 ފެބުރުވަރީ 28 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްއަށް (އިސްލާމީ މަރުކަޒު)
- · މި މަގާމަށް ހަމަޖައްސާ މުވައްޒަފު މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް/ އިސްލާމީ މަރުކަޒުގައެވެ.
- · މި މަޤާމުގެ އިންޓަވިއު އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 30 ދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އަދި، އިންޓަވިއު ބޭއްވޭނީ މި މިނިސްޓްރީގައެވެ.
ވެބްސައިޓް އެޑްރެސް www.islamicaffairs.gov.mv
- އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3020232 އަށް އަދި ފެކްސް ނަމްބަރަކީ 3315161
- އީމެއިލް ކުރައްވާނީ [email protected] އަށެވެ.
- މިމަޤާމަށް އިންޓަރވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމާއި ތަޖުރިބާއިން އެންމެ މަތީ މާކްސް ލިބޭ 10 ފަރާތަކާއެވެ.
|