ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ޤުރްއާން މުދައްރިސުންގެ މަޤާަމަށް މީހުން ބޭނުންވެއްޖެ

އިޢުލާން

 

ޤުރްއާން މުދައްރިސުންގެ މަޤާމަށް މީހުން ބޭނުންވެއްޖެ

ކީރިތި ޤުރްއާނާ ބެހޭ މަރްކަޒަށް ތިރީގައި މިވާ މަޤާމަށް މީހުން ވަނީ ބޭނުން ވެފައެވެ.

1-                  މަޤާމް:          ކީރިތި ޤުރްއާން ކިޔަވާދޭނެ މުދައްރިސުން

ބޭނުންވާ ޢަދަދު:         04   (ހަތަރެއް)

މަޤާމުގެ ގިންތި:       ކޮންޓްރެކްޓް

މުއްދަތު:           ކޮންޓްރެކްޓް އުސޫލުން 1 (އެކެއް) އަހަރުދުވަހުގެ މުއްދަތައް.

ވަޒީފާ އަދާކުރަންޖެހޭ ތަން: ހުޅުމާލެ ފިޔަވަތި

 

މުސާރަ:         ގަޑީރަކަށް 100/- (ސަތޭކަ ރުފިޔާ)

ޝަރުޠު:         1- ޤުރުއާނާ ގުޅުންހުރި ދާއިރާއަކުން އެމް،ކިޔު.އޭ ލެވެލް 4އިން ފެށިގެން މަތީ ސަނަދެއް   ޙާޞިލުކޮށްފައިވުން

                 2- 45 އަހަރުންދަށުގެ ފަރާތްތަކަށް އިސްކަންދެވޭނެ.

މަސައްކަތްކުރަންޖެހޭތަން:       މި ވަޒީފާތަކުން ވަޒީފާއަކަށް ޢައްޔަން ކުރެވޭ މީހަ މަސައްކަތް ކުރަން ޖެހޭނީ ކީރިތި ޤުރްއާނާބެހޭ މަރްކަޒުން ކަނޑައަޅައި ގަޑިތަކުގައި ހުޅުމާލޭ ފިޔަވަތީގައެވެ.

                  ވީމާ، ޝަރުޠު ހަމަވާ ފަރާތްތަކުން 2017 މާރިޗް 01 ވާ ބުދަދުވަހުގެ 13.30 ގެ ކުރިން ސިޓީއަކާއެކު ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ (އެޓެސްޓް ކުރެވިފައިވާ) ކޮޕީއާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއެކު މި މަރުކަޒަށް ސިޓީފޮނުއްވުން އެދެމެވެ. މުއްދަތު ހަމަވިކަމުގައިވިޔަސް ގޮފިތަކަށް ބޭނުންވާ މުދައްރިސުންގެ އަދަދު ހަމަވަންދެން މުދައްރިސުން ނަގަމުން ގެންދާނެއެވެ. ވަޒީފާއަށް ނެގުމުގައި ހުޅުމާލޭގައި ދިރިއުޅޭފަރާތްތަކަށް އިސްކަންދެވޭނެއެވެ.

                            19 ޖުމާދަލްއޫލާ 1438

                            16  ފެބްރުއަރީ  2017  

16 ފެބުރުވަރީ 2017
ހޯދާ