ދިވެހިރާއްޖެ
`
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް
ދިވެހިރާއްޖެ.
ނަންބަރު: IUL)120/120/2017/5)
އިޢުލާން
ވަޒީފާގެ ފުރުސަތު:
މަޤާމް |
ޕޭޕަރ ސެޓަރ ( ދިވެހި ) ، ޕޭޕަރ ސެޓަރ ( އިސްލާމް ) |
|
ގިންތި: |
ޕާޓްޓައިމް (ކޮންޓްރެކްޓް) |
|
ބޭނުންވާ ޢަދަދު |
2 |
ދިވެހި މާއްދާއައް 1 / އިސްލާމް މާއްދާއައް 1 |
އުޖޫރަ: |
ކޮންޓްރެކްޓް މުއްދަތުގައި ކުރާ މަސައްކަތުގެ ވަގުތު ކަނޑައަޅައި، ކޮންމެ ގަޑިއަކަށް -/250 (ދުއިސައްތަ ފަންސާސް) ރުފިޔާ |
|
މުއްދަތު: |
3 (ތިނެއް) އަހަރު ދުވަސް |
|
އަސާސީ ޝަރުޠު: |
ނުވަތަ
|
|
މަޤާމުގެ މަސްއޫލިއްޔަތު: |
- އިމްތިޙާނު ކަރުދާސް އެކުލަވާލުމަށް ބޭނުންވާ އެސެސްމަންޓް ބްލޫ ޕްރިންޓް އެކުލަވާލުން - އެޗް.އެސް.ސީ އިމްތިޙާނުގެ ސުވާލުކަރުދާހާއި މާކިންސްކީމް އެކުލަވާލުން. - އިމްތިޙާނު ކަރުދާސްތައް މާކުކުރުމާއި ނަތީޖާތައް ޕްރޮސެސްކޮށް، އެއިން ގްރޭޑްތައް ކަނޑައެޅުމުގެ އެންމެހައި މަސައްކަތްތައް ކުރުން. - އިމްތިޙާނު ކަރުދާސްތައް ޕްރިންޓްކުރުމުގައި އެހީތެރިވެދިނުން. - އިމްތިޙާނު ކޮމިޓީގެ ބައްދަލުވުންތަކުގައި ބައިވެރިވުން.
|
ވަޒީފާއަށް އެންމެ ގާބިލް މީހެއް ހޮވުމަށް ބަލާނޭ ކަންކަން - ލިބިފައިވާ ތަޢުލީމާއި ތަމްރީނުގެ ސެޓްފިކެޓްތަކަށް ބަލައިގެން، - މަސައްކަތުގެ ދާއިރާއިން ލިބިފައިވާ އަމަލީ ތަޖްރިބާއަށް ބަލައިގެން، - ޤާބިލުކަން ކަށަވަރު ކުރުމަށް އިންޓަވިއު ކޮށްގެން، ނޯޓް): މި މަސައްކަތަށް މީހުން ކަނޑައެޅުމުގައި މިޑިޕާޓްމެންޓުގައި މީގެ ކުރިން ޕޭޕަރ ސެޓްކުރުމުގެ މަސައްކަތް ކޮށްދެއްވާފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
|
އިންޓަރވިއު ކުރުން: މިމަގާމަށް މީހުން ހޮވުމަށް ހަމަޖެހިފައިވަނީ އިންޓަރވިއު ކުރުމަށްފަހުގައެވެ. އިންޓަވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. - އިންޓަރވިއުއަށް ހާޟިރުވާއިރު، ޕްރެޒެންޓޭޝަން ހުށަހަޅަންވާނެއެވެ. އެ ޕްރެޒެންޓޭޝަންގައި މާއްދާގެ މިހާރުގެ ޙާލަތާއި ޕޭޕަރ ސެޓްކުރުމާއި މާކުކުރުމުގެ ކަންތައްތައް ރަނގަޅުކުރުމަށް ކުރާނެ މަސައްކަތްތައް އަދި މަސައްކަތްކުރާނެ ގޮތުގެ ޓައިމްލައިނެއް ހިމަނަން ވާނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް
ހ- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް ( ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓްގެ www.dpe.edu.mv ވެބްސައިޓުން ލިބެން ހުންނާނެއެވެ.)
ށ- ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
ނ- ވަޒީފާއެއް އަދާކުރާނަމަ، މިމަސައްކަތަށް ދޫކުރާނޭ ކަމުގެ ލިޔުން.
ރ- ވަޒީފާއެއް އަދާކޮށްފައިވާނަމަ އެ ވަޒީފާގެ މަސްއޫލިއްޔަތާއި، މަސައްކަތުގެ ތަޖުރިބާ އެނގޭ ލިޔުމެއް.
ބ- ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހިރައްޔިތެއްކަން އަންގައިދޭ (މުއްދަތު ހަމަނުވާ) ކާޑުގެ ދެފުށް ސާފުކޮށް ފެންނާނޭހެން ނަގާފައިވާ ކޮޕީ .
ޅ. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
ކ. ސުވާލުކަރުދާސް ތައްޔާރުކުރުމާއި މާކުކުރުމުގައި ލިބިފައިވާ ތަޖްރިބާ އާއި މަސައްކަތް ކުރި އަހަރު އެނގޭ ލިޔުމެއް.
ނޯޓް: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
ތަކެތި ހުށަހަޅަންޖެހޭ އޮފީސް
މިމަޤާމުތަކަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ފިލާ ބިލްޑިންގު 2 ގެ 2 ވަނަ ފަންގިފިލާގައި ހުންނަ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް ކައުންޓަރަށެވެ.
ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2017 ފެބްރުވަރީ 23 ވާ ބުރާސްފަތި ދުވަހުގެ 13:00
19 ޖުމާދަލްއައްވަލް 1438
16 ފެބްރުވަރީ 2017