މަޤާމުގެ މަސްއޫލިއްޔަތު:
|
- ފެކަލްޓީ އަށް ލިބޭ ސިޓީތަކާއި ތަކެތީގެ ތެރެއިން ޑީން ނިންމަވައި ފިޔަވަޅު އަޅަންޖެހޭ ކަންކަމަށް ފިޔަވަޅު އެޅުމާއި، ފެކަލްޓީއިން އެކިތަންތަނަށް ޑީން ފޮނުއްވަންޖެހޭ ސިޓީއާއި ރިޕޯޓް ތައްޔާރުކޮށް ފޮނުވުމުގެ ކަންތައްތައް ކުރުން.
- ޑީންގެ އެޕޮއިންޓްމަންޓްތަކާއި ޑީން ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުންތަކާއި ޖަލްސާތަކަށް ބޭނުންފުޅުވާ އިންތިޒާމުތަކާއި ފަސޭހަތައް ބޭނުންފުޅުވާގޮތަކަށް ހަމަޖެއްސުމަށް މަސައްކަތްކުރުން.
- ޑީން ޖަވާބުދެއްވަންޖެހޭ ސިޓީތަކާއި ފޮނުއްވަންޖެހޭ ރިޕޯޓްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް މުއްދަތުގައި ފޮނުވުން.
- ޑީން ބައިވެރިވެވަޑައިގެން ފެކަލްޓީގައި ބާއްވަވާ ކޮމިޓީތަކާއި ބައްދަލުވުންތައް އިންތިޒާމުކޮށް އެބައްދަލުވުންތަކާއި ޖަލްސާތަކުގެ ޙާޟިރީ ބަލަހައްޓައި ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
- ފެކަލްޓީގެ ދަރިވަރުންގެ އިމްތިޙާނުތަކާ ގުޅިގެން ހުށަހަޅާ މެޑިކަލް ސެޓްފިކެޓްތަކާއި ރިޕޯޓްތައް ބަލަހައްޓައި އެކަޑެމިކް ރިވިއު ކޮމިޓީ އަށް ބޭނުންވާ ވަގުތު ފަސޭހައިން ލިބޭނެފަދަގޮތެއްގައި ބެލެހެއްޓުން.
- ފެކަލްޓީގައި ގަވާއިދުން އޮންނަ ކޮމިޓީތަކުގެ ޖަލްސާތައް އިންތިޒާމުކޮށް އެޖަލްސާތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
- ފެކަލްޓީ އިން ހިންގާ ކޯހެއް ނުވަތަ ކޯސްތަކެއްގައި އިދާރީ އެހީތެރިކަން ދިނުމަށް ޙަވާލުކުރައްވައިފި ހިނދެއްގައި އެއާގުޅޭ އެންމެހާކަންތައްތައް އެކޯހެއް ނުވަތަ ކޯސްތަކެއްގެ ކޯޑިނޭޓަރ ނުވަތަ ޑިޕާޓްމަންޓްގެ ވެރިޔާ އަންގަވާގޮތެއްގެ މަތިން ކުރުން.
- މިނޫންވެސް މަޤާމާ ގުޅޭގޮތުން ފެކަލްޓީން ޙަވާލުކުރާ ކަންތައްތައް ކުރުން.
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުންނާއި ތިރީގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ލިބެން ހުންނާނެއެވެ.
http://mnu.edu.mv/images/downloads/Job%20Application.pdf
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
ނޯޓް:
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށްކުރިމަތިލާނަމަ ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ ރެޖިސްޓްރާރއޮފީހުގެ ލިޔުމެކެވެ.
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:
|
2017 ފެބުރުވަރީ 22 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/އިދާރީ މަރުކަޒަށް
|
އިތުރު މަޢުލޫމާތު:
|
- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައ، ވަޒީފާގެ އެއްބަސްވުން އެއްވެސް ނޯޓިހެއް ދިނުމަކާ ނުލައި އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
- މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345409 ނަންބަރު ފޯނާއެވެ.
|