ދިވެހިރާއްޖެ
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ހުޅުލެ
އިޢުލާން
ނަންބަރު: MMS-A/2017/09
މިއޮފީހުގައި ބެކަޕް ޕަވަރ ފެސިލިޓީއެއް ޤާއިމުކުރުމަށްބޭނުންވާ ކޮންސަލްޓަންސީގެ ޚިދުމަތް ދޭނެފަރާތެއް ހޯދުމަށް
މިއޮފީހުގައި ބެކަޕް ޕަވަރ ފެސިލިޓީއެއް ޤާއިމު ކުރުމަށް ބޭނުންވާ ކޮންސަލްޓަންސީގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ. މިމަސައްކަތް ކޮށްދެއްވަން ޝައުގުވެރިވެލައްވާ ފަރާތްތަކުން 21 ފެބްރުއަރީ 2017 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުން އެދެމެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވަން ޝައުގުވެރިވެލައްވާ ފަރާތްތަކުން 27 ފެބްރުއަރީ 2017 ވާ ހޯމަދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 27 ފެބްރުއަރީ 2017 ވާ ހޯމަދުވަހުގެ 11:00 ގައި މިއޮފީހުގައެވެ.
މިމަސައްކަތާއިގުޅޭ "ޓާރމްސް އޮފް ރެފެރެންސް" ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެއެވެ.
http://www.meteorology.gov.mv/uploads/ToR_Consultancy_Service_to_Establish_Backup_Power_Facility.PDF
އިތުރު މަޢުލޫމާތު [email protected] އަށް މެއިލް ކޮށްލައްވައިގެން ނުވަތަ 3323084 އަށް ގުޅުއްވައިގެން ހޯއްދެވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ޙާޟިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ޤަބޫލު ނުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
18 ޖުމާދިލްއައްވަލު 1438