ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ހޯދުން
ސްޕޯޓުސް އެރީނާ މަޝްރޫޢުގެ ދަށުން ރަތަފަންދޫގައި ޤާއިމުކުރެވޭ ފުޓްސެލް ދަނޑު އެޅުމަށް ކަޑައެޅިފައިވާ ބިމުގައި ހުރި ފޯދުނު 33 ދިވެހިރުއްބުޑުންނަގައި އެތަން ސާފުކޮށް ދޭނެ ފަރާތެއްހޯދުމަށްވަނީ ބޭނުންވެފައެވެ
ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝަވްޤު ވެރިވެލައްވާފަރާތް ތަކުން 19 ފެބުރުވަރީ 2017 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 23 ފެބުރުވަރީ 2017 ވާ ބުރާސްފަތި ދުވަހުގެ ހެދުނު 10:30 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތެއް ނުދެވޭނެވާހަކަ ހަނދުމަފުޅުކޮށް އެރުވީމެވެ.
މިމަސައްކަތް ކޮށްދޭނޭފަރާތެއްވޭތޯ މިއދާރާއިންކުރެވުނު ނަމްބަރ : (IUL)420-PM/420/2017/4 އިޢުލާނަށް އެއްވެސް ފަރާތަކުން އިޖާބަދީފައިނުވާތީ އެއިޢުލާން ވަނީ ބާޠިލްކުރެވިފައެވެ.
އަންދާސީ ހިސާބާއެކު އެކު ހުށަހަޅަން ޖެހޭ ލިޔުންތައް
- 1. ރަޖިސްޓްރީވެގެން ހިންގާ ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީއާއި އަހަރީ ފީދައްކާފައިވާ ރަސީދުގެ ކޮޕީ
- 2. ކޮމްޕެނީ ޕްރޮފައިލް
- 3. އަމިއްލަ ފަރާތަކުންނަމަ އައީޑީ ކާޑުގެ ކޮޕީ
މިއިދާރާއިން ބަލާނެ ކަންތައްތައް
- ރަޖިސްޓްރީވެގެން ގަވާއިދުން ހިންގާ ކުންފުންޏެއްތޯ
- ހުށަހަޅާ އަންދާސީ ހިސާބު 30 ދުވަހުގެ ކުރިން ކެންސަލްކޮށްގެން ނުވާނެއެވެ.
އަގު ހުށަހެޅުން
- އަގުހުށަހަޅަން ޖެހޭނީ ޖުމްލަ އަގު ގެ އިތުރުން ވަކިން އަގުއެގޭގޮތަށެވެ.
- 2. މާކްސް ދެވޭގޮތުގެ ތަފްސީލު:
މާރކްސްދެވޭނެ ކްރައިޓީރިއާ |
މާރކްސެދެވޭގޮތް |
ތަފްޞީލް |
އަގު |
%70 |
v ޚިދުމަތުގެ އަގަށްދެވޭ މާރކްސް v މިމަރކްސްދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗްމާރކް އެއްކަމުގައި ބަލައިގެން ކަޑައެޅިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. v މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.
|
މަސައްކަތް ނިންމާ މުއްދަތަށް |
%20 |
v މަސައްކަތް ނިންމާ މުއްދަތަށްދެވޭމާކުސް v މިމާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅައި ފައިވާ އެންމެ ކުޑަ މުއްދަތަކީ ބެންޗް މާކެއްކަމުގައި ބަލައިގެން ހުށަހެޅޭ ހުރިހާ މުއްދަތެއްގެ މެދުގައި ކަޑައެޅިފައިވާ % އެއް ބަހާލައިގެންނެވެ. v މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތެއް ހުށަހަޅާފައިވާ ފަރާތަކަށެވެ. |
ތަޖުރިބާ |
v ލިބިފައިވާ ތަޖުރިބާއަށްދެވޭ މާކްސް v މިމާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭ ޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅައި ފައިވާ ޕްރޮފައިލްގައި ފާއިތުވެ ދިޔަތަނުގައި ކޮށްފައިވާ މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް އެންމެ ގިނަ ހެކި ހުށަހަޅާފައިވާ ފަރާތަކީ ބެންޗް މާރކު ކަމަށްބަލައިގެން ހުށަހަޅާފައިވާ ޑޮކިޔުމަންޓް ތަކުގެ މެދުގައި ކަޑައެޅިފައިވާ % އެއް ބަހާލައިގެންނެވެ. v މިގޮތުން އެންމެ ގިނަޕޮއިންޓް ލިބޭނީ އެންމެގިނަ ހެކި ހުށަހަޅާފައިވާ ފަރާތަށެވެ . |
18 ޖުމާދަލްއޫލާ 1438
14 ފެބްރުވަރީ 2017