މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަރަންޓްލައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

އިޢުލާން

 

ކަރަންޓްލައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

 

ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި ބައެއް ތަންތަނަށް ކަރަންޓްލައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު (IUL)299/299/2017/6 (05 ފެބުރުއަރީ 2017) އާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އެކަށީގެންވާ އަދަދަށް މީހުން ޙާޟިރުވެފައިނުވާތީ، އެއިޢުލާނު ބާތިލުކޮށް މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 ފެބުރުއަރީ 21 ވާ އަންގާރަ ދުވަހުގެ ހެނދުނު 09:30 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 ފެބުރުއަރީ 28 ވާ އަންގާރަ ދުވަހުގެ ހެނދުނު 09:30 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ސުންގަޑި ހަމަވުމަށްފަހު ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަގުހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ވަޑައިގަންނަވާނަމަ، ބަދަލުގައި ވަޑައިގެންނެވީ ކޮން ފަރާތެއް ތަމްސީލްކުރައްވަންކަން އެނގޭނެ ލިޔުމެއް ގެންނަވަން ވާނެއެވެ.

މިމަސައްކަތް ކުރުމަށް އެދި އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ނަންބަރު 2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާއިރު، ރަޖިސްޓްރީ ކޮށްފައިވާކަން އަންގައިދޭ ލިޔުމުގެ ކޮޕީއެއް ހުށަހަޅުއްވަން ވާނެއެވެ. 

14 ފެބުރުވަރީ 2017
ހޯދާ