މާމެންދޫ ސްކޫލް، ގއ.މާމެންދޫ
ދިވެހިރާއްޖެ
ސުޕޯރޓްސް ސުޕަވައިޒަރ

މާމެންދޫ ސްކޫލް

  ގއ. މާމެންދޫ

ނަންބަރު:GS198/2017/004

 

          ދިވެހިރާއްޖެ                

                  

 

ވަޒީފާގެ ފުރުޞަތު

 

 

   މަޤާމް:                        ސްޕޯޓްސް ސްޕަވައިޒަރ

   ބޭނުންވާ އަދަދު:              01

   ރޭންކް:                     ޖީ. އެސް 3

   ކްލެސިފިކޭޝަން :            އޮފިސަރ ގްރޭޑް 1  

   މުސާރަ :                   މަހަކު -/4465 ރުފިޔާ

   ސަރވިސް އެލަވަންސް:         މަހަކު -/1500 ރުފިޔާ

   ވަޒީފާއޮތް އޮފީސް:             ގއ. މާމެންދޫ ސްކޫލް

   ގިންތި:                      ކޮންޓްރެކްޓް ( 3 މަސްދުވަސް )

  ވަޒީފާއަދާކުރާ ސެކްޝަނާއި ތަން : އެކަޑަމިކް ސެކްޝަން

 

ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:

 

  1. ސްކޫލުގެ ދަރިވަރުންނަށް ހިންގޭ އެކްސްޓްރާ ކޯކަރިކިއުލަރ ހަރަކާތްތަކުގެ ތެރެއިން، ކުޅިވަރުގެ ހަރަކާތްތައް ރާވައި ހިންގުން.
  2. ދަރިވަރުންގެ ސްލޫކީ މިންގަނޑު ހިފެހެއްޓުމާއި، ދަރިވަރުން ޖިސްމާނީގޮތުންނާއި، ނަފްސާނީގޮތުންނާއި، އަޚުލާޤީގޮތުން ރިވެތި ބަޔަކަށް ހެދުމަށް މަސައްކަތް ކުރުން.
  3. ދަރިވަރުންނަށް ނޭގޭ ހެލްތް އެންޑް ޕީ.އީ އެކްޓިވިޓީސް ކުރިއަށްގެންދިއުމާއި، ޕްރެކްޓިކަލް ގަޑިތަކުގައި ޓީޗަރުންނަށް އެހީތެރިވެދިނުން.
  4. ސްކޫލުގައި ބޭއްވޭ އިންޓަރހައުސް ކުޅިވަރު މުބާރާތްތައް، ސްޕޯޓްސް ކްލަބާއި ގުޅިގެން އިންތިޒާމްކުރުމާއި، އެހެނިހެން ކުޅިވަރު މުބާރާތްތައް އިންތިޒާމްކޮށް ހިންގުމުގައި، އެކަމަކާ ހަވާލުވެހުންނަ ފަރާތަކުން ބޭނުންވާ އެހީތެރިކަން ދިނުން.
  5. ކުޅވަރު ހަރަކާތްތަކަށާއި، ހެލްތު އެންޑް ޕީ.އީއަށް ހޯދާފައިވާ ތަކެތި ބެލެހެއްޓުމާއި، ހޯދަން ބޭނުންވާ ތަކެތި، ބަޖެޓު ސެކްޝަނާއި ވާހަކަދައްކައިގެން ހޯދުން. ސްކޫލުގައި ބޭއްވޭ ކުޅިވަރު މުބާރަތްތަކުގެ ހުރިހާ ރެކޯޑެއް ބެލެހެއްޓުން.
  6. ސްޓާފުންގެ މެދުގައި ބާއްވާ އެކިއެކި ކުޅިވަރު ހަރަކާތްތައް ހިންގުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  7. އިންޓާރސްކޫލް ކުޅިވަރު މުބާރާތްތަކަށް ސްކޫލް ޓީމުތައް ތައްޔާރުކުރުން.
  8. މީގެއިތުރުން ދިމާވާ އިމަޖެންސީ ޙާލަތުގައި ސްކޫލުން ޙަވާލުކުރާ ރަސްމީ މަސައްކަތްތައް ކުރުން.

 

ޝަރުތު: 

                                                  

                                                  

  1. މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތު ދާއިރާއެއްގައި 2 އަހަރު ދުވަހު މަސައްކަތު ތަޖުރިބާ ލިބިފައިވުން

ނުވަތަ

 

  1. ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި  'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

  

  1. ހާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
  4. މީގެ އިތުރުން ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.
  5. ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންގެންދަވާ ބޭފުޅުން އެމުވައްޒަފު މިހާރު ވަޒީފާ އަދާކުރައްވާ މުއައްސަސާއަކުން އެމުވައްޒަފެއްގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީ އަދި މަސައްކަތުގެ އަޚުލާޤު ހުރިގޮތް ބަޔާންކޮށް ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީ އަދި މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމް" ހުށައަޅުއްވާ މުވައްޒަފުންނަށް ވަޒީފާއަށް މުވައްޒަފަކު ހޮވުމުގައި ޕޮއިންޓް ދެވޭނެއެވެ.                            

 

 

 

 

 

އިންޓަރވިއު ކުރުން

 

ހ. މިވަޒީފާއަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ތަން، އިއުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 5 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. ވަޑައިގަންނަވާއިރު ސެޓްފިކެޓްތަކުގެ އަސްލު ގެންނަންވާނެއެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް

 

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު ( އެޕްލިކޭޝަން ފޯމު ލިބެންހުންނާނީ މިސްކޫލުންނާއި އަދި ސިވިލްސަރވިސްގެ ވެބްސައިޓް www.csc.gov.mv އިންނެވެ. )

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ރ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް.

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު).

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

 

-      ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ގއ. މާމެންދޫ ސްކޫލަށެވެ.

-       ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 26 ފެބްރުއަރީ 2017 ވާ އާދީއްތަ ދުވަހު މެންދުރު ފަހު 1:30 އެވެ.

 

 

ނޯޓް:  

މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ގއ. މާމެންދޫ ސްކޫލުގެ ނަންބަރު7983073  ފޯނަށް ގުޅުއްވުން އެދެމެވެ.

17 ޖުމާދަލްއޫލާ 1438

14 ފެބްރުއަރީ 2017 

14 ފެބުރުވަރީ 2017
ހޯދާ