މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

 

 

މޯލްޑިވްސް ޕޮލިޓެކްނިކް ގެ މިދަންނަވާ މަގާމަށް މީހަކު ހޯދުމަށް އިޢުލާން ކުރަމެވެ.

 

ވަޒީފާގެ ފުރުޞަތު

 

މަޤާމް:                         އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:                   01

ރޭންކް:                        ޖީ.އެސް 4

ކްލެސިފިކޭޝަން :                  އޮފިސަރ ގްރޭޑް 2

މުސާރަ :                       -/5020 ރުފިޔާ

ސަރވިސް އެލަވަންސް:              -/1500ރުފިޔާ

ވަޒީފާއޮތް އޮފީސް:                 މޯލްޑިވްސް ޕޮލިޓެކްނިކް/ މާލެ

ގިންތި:                        ދާއިމީ

ރަސްމީ ގަޑި:                     ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް

ވަޒީފާއަދާކުރާ ސެކްޝަނާއި ތަން :       އެޑްމިނިސްޓްރޭޝަން އަދި ހިއުމަން ރިސޯސަސް،މޯލްޑިވްސް ޕޮލިޓެކްނިކް

 

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ސީއެސް ވިއުގާ 2.0 އިން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރުން.
  2. އޮފީހަށް ލިބޭ ސިޓީ، ނޯޓް ފަދަ ތަކެތި ތައްޔާރުކުރުމާއި،ދުވަހުން ދުވަހަށް ޖަވާބުދީ ފައިލްކޮށް ފައިލްތައް ބެލެހެއްޓުން.
  3. މުވައްޒަފުންގެ ޕަރސަނަލް ފައިލްތައް ސިސްޓަމެޓިކްކޮށް ފައިލްކޮށް ބެލެހެއްޓުން.
  4. އިޢުލާން ތައްޔާރުކުރުމާއި ގެޒެޓް ކުރުމުގެ މަސައްކަތް ދުވަހުން ދުވަހަށް ނިންމުން
  5. މިނިސްޓްރީ އޮފް އެޑިއުކޭޝަންއަށް ފޮނުވަންޖެހޭ ވަޒީފާއާއި ބެހޭ ހުރިހާކަމެއް ދުވަހުން ދުވަހަށް ނިންމުން
  6. މުސާރަ އާއި އޯޓީ އަދި އެޓެންޑެންސް ޗެކްކޮށް ރަނގަޅު ކުރުން.
  7. ވަޒީފާއަށް މުވައްޒަފުން އައްޔަނުކުރުމާއި ތަމްރީން ކުރުމާއި ވަޒީފާއިން ވަކިކުރުމާބެހޭ މަސައްކަތްތައް ކުރުން.
  8. ސެޕް ސިސްޓަމްގައި މުވައްޒަފުންގެ ސްޓޭޓަސްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން
  9. އޮފީސް ޑިއުޓީ އަދާކުރުމަށް ޖެހިއްޖެ ޙާލަތެއްގައި އޮފީސް ޑިއުޓީ އަދާކުރުމާއި އޮފީސްހުޅުވާ ލެއްޕުން (އޮފީސް ބަންދުކުރާއިރު ތަޅުލަންޖެހޭ ތަންތަން  ޒިންމާދާރު ގޮތެއްގައި ބަލާ ޗެކްކުރުން).
  10. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

 

ޝަރުތު:          

ތައުލީމީ ފެންވަރު:

  1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް/ އިންފޮމޭޝަން ޓެކްނޯލޮޖީ / ހިއުމަން ރިސޯސް މެނޭޖްމަންޓް ދާއިރާއިން  ދިވެހިރާއްޖޭގެ  ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ  ލެވެލް 4 ގެސަނަދެއް ހާސިލްކޮށްފައިވުން.

 

ނުވަތަ

 

  1. މަތީސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ

  1. ސާނަވީ އިމްތިޙާނަކުން 2މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ހ. ހާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށްބަލައިގެން

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ރ. ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބަލައިގެން.

ބ. މީގެ އިތުރުން ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.

 

އިންޓަރވިއު ކުރުން.

ހ. މި މަގާމަށް މީހަކު ހޮވުމަށް އިންޓަރވިއުއާއި ޕްރެކްޓިކަލް އޮންނާނީ 21 އާއި 28 ފެބްރުއަރީ 2017 އާ ދެމެދުގެ  ތާރީޚެއްގައެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ނ- މިމަޤާމުގެ އިންޓަރވިއު އަށް ވަޑައިގަންނަވާއިރު ހުށަހެޅިފައިވާފައިވާ ސެޓްފިކެޓްތަކުގެ އަސްލު ގެންނަވަންވާނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު ( ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މޯލްޑިވްސްޕޮލިޓެކްނިކްގެ ކައުންޓަރުން ލިބޭނެއެވެ. އަދި މޯލްޑިވްސް ޕޮލިޓެކްނިކްގެ ވެބްސައިޓް www.polytechnic.edu.mvން ޑައުންލޯޑް ކުރެވޭނެއެވެ.  

2- ލިބިފައިވާ ހުރިހާ  ތަޢުލީމާ ސެޓްފިކެޓްތަކޔުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތައުލީމުދޭ މަރުކަޒުކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިއޭޓްކޮށްފައިވާ ސެޓްފިކެޓްތައް އަދި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމް ދޭ މަރުކަޒަކުން ހިންގާ  ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރިޑިޓްކޮށްފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްގެ ކޮޕީ)

 

 

 

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްދީގެން ހިންގާ މަތީ ތަޢުލީމް ދޭ މަރުކަޒަކުން  ކުރިއަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ (މި ފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ) ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ

3- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް ކޮޕީ ( ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

4-  ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިޖެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

5- ވަޒީފާއަށް އެދޭފަރާތުގެ މުއްދަތުހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް

6- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

7- ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ

 

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި ސުންގަޑި

މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މޯލްޑިވްސް ޕޮލިޓެކްނިކް / ގ.ރެހެންދިހިނގުން ( 1 ވަނަ ފަންގިފިލާ ) ކައުންޓަރަށް.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ  20 ފެބްރުއަރީ 2017 ވަނަ ދުވަހުގެ 14:00 ގެ ކުރިން.

 

ނޯޓް:

މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން،  މޯލްޑިވްސް ޕޮލިޓެކްނިކްގެ ނަމްބަރ 3305401، 3305405 އަށް ގުޅުން އެދެމެވެ.

 

 

 

12 ފެބުރުވަރީ 2017
ހޯދާ