ދިވެހިރާއްޖެ
އިޢުލާން
15 ވަނަ އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތް 2017
15 ވަނަ އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތް 15 މާރިޗު 2017 އިން 23 މާރިޗު 2017 އަށް ޝެޑިއުލް ކުރެވިފައިވުމާއި އެކު މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ މުބާރާތުގައި ބައިވެރިވާން އެދޭ ސްކޫލްތަކާއި ސްކޫލްތަކުގެ ދަރިވަރުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯރމް ފުރުއްވުމަށްފަހު ސްކޫލް މެދުވެރިކޮށް 1 މާރިޗު 2017 ވާ ބުދަ ދުވަހުގެ 14:00 ކުރިން މިއެސޯސިއޭޝަނަށް ހުށައެޅުއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވާ ސްކޫލްތަކުގެ ދިދަ، މުބާރާތް ކުޅޭ ސަރަހައްދުގައި ބެހެއްޓުމަށްޓަކައި ބޭނުންވާ ވާހަކަ ދަންނަވަމެވެ.
މުބާރާތުގައި ބައިވެރި ވުމުގެ ފޯރމް މިއެސޯސިއޭޝަންގެ ވެބްސައިޓް www.badmintonmaldives.org.mv އިން ޑައުންލޯޑް ކުރަން ލިބިވަޑައިގަންނަވާނެއެވެ.
މުބާރާތުގެ އަމިއްލަ އިވެންޓްގެ އުމުރުފުރާތައް:
12 އަހަރުންދަށް، (ސިންގަލްސް)
14 އަހަރުންދަށް، (ސިންގަލްސް، ޑަބަލްސް)
16 އަހަރުންދަށް، (ސިންގަލްސް، ޑަބަލްސް، އަދި މިކްސްޑަބަލްސް)
19 އަހަރުންދަށް، (ސިންގަލްސް، ޑަބަލްސް، އަދި މިކްސްޑަބަލްސް)
މުބާރާތުގެ ޓީމް އިވެންޓްގެ އުމުރުފުރާތައް:
14 އަހަރުންދަށް، (އަންހެން / ފިރިހެން)
16 އަހަރުންދަށް، (އަންހެން / ފިރިހެން)
19 އަހަރުންދަށް، (އަންހެން / ފިރިހެން)
13 ފެބްރުއަރީ 2017