ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނެޓްބޯޅަ ކޯޓުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ދ.ހުޅުދެލީގައި ޤާއިމުކުރެވޭ ނެޓްބޯޅަ ކޯޓެއްގެ މަސައްކަތްކުރާނެ ފަރާތެއް ހޯދުން:

ސަރުކާރުގެ ސްޕޯޓްސް މެނިފެސްޓޯ ތަންފީޒުކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސްއިން ހިންގާ ސްޕޯޓްސް އެރީނާ މަޝްރޫޢުގެ ދަށުން ދ.ހުޅުދެލީ ގައި ޤާއިމުކުރެވޭ ނެޓްބޯޅަކޯޓުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 23 ފެބްރުއަރީ 2017 ވާ ބްރާސްފަތި ދުވަހުގެ 13:00 އަށް މި އިދާރާއަށް (ދ.ހުޅުދެލީ ކައުންސިލް އިދާރާއަށް) ޙާޟިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 07 މާރޗް  2017 ވާ އަންގާރަ ދުވަހުގެ 13:00 އަށް މި އިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ  ބަންދުކޮށްފައިވާ ސިޓީއުރައިގައެވެ.

މި އިއުލާނާގުޅިގެން މަޢުލޫމާތު ސާފުކުރަން ހާޟިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް ދަންނަވަމެވެ.  އަދި ގަޑިޖެހިގެން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ވެސް ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރުމާއި ޕްރޮޕޯސަލް ހުށަހަޅަން ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ، އެހުށަހަޅުއްވާ ފަރާތުގެ ސިޓީއެއް ހުށަހަޅަން ވާނެއެވެ.

މި މަސައްކަތާއި ގުޅިގެން މިއިދާރާއިން ކޮށްފައިވާ ނަންބަރ IUL)378/378/2017/1) އިޢުލާނަށް ހުށަހަޅާފައިވާ އަންދާސީ ހިސާބު ތައް އަގުބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާޠިލްކޮށްފައިވާ ވާހަކަވެސް ދަންނަވަމެވެ.    

ވީމާ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

14 ފެބުރުވަރީ 2017
ހޯދާ