ދިވެހިރާއްޖެ
އިޢުލާން
މަޤާމު: |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
ބޭނުންވާ އަދަދު : |
1 (އެކެއް) |
މަޤާމުގެ ކްލެސިފިކޭޝަން: |
އޮފިސަރ ގްރޭޑް 1 |
މަޤާމުގެ ރޭންކް: |
ޖީ.އެސް 3 |
މަޤާމުގެ އަސާސީ މުސާރަ: |
މަހަކު 4465.00 ރުފިޔާ |
މަސައްކަތް ކުރަންޖެހޭ ތަނާއި ސެކްޝަން: |
ކައިވެނިކޮށްދިނުމާއި ރަޖިސްޓްރީކުރުމާބެހޭބައި / ފެމިލީ ކޯޓު |
އެލަވަންސްތަކާއި ޢިނާޔަތްތައް: |
- ސަރވިސް އެލަވަންސް: މަހަކު 1500.00 ރުފިޔާ، - ލިވިންގ އެލަވަންސް: މަހަކު 2700.00 ރުފިޔާ، - ޖުޑީޝަލް އެލަވަންސް: ޖުޑީޝަލް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %40 (މަހަކު)، - އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ. |
މަޤާމުގެ އަސާސީ ޝަރުތު:
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
|
- ކައިވެނި ރަޖިސްޓްރީކުރުމަށްއެދި ހުށަހަޅާ ފޯމުގައިވާ މަޢުލޫމާތު އެންޓަރކުރުމާއި ފުރިހަމަވެފައިވާ ފޯމްތައް ޕްރޮސެސްކުރުން. - ބޭރު ކައިވެނި ރަޖިސްޓްރީ ކުރުމަށް ބޭނުންވާ މަޢުލޫމާތު ފުރިހަމަ ނުވާ ފޯމްތައް ކެންސަލް ކުރުމުގެ އިދާރީ އެންމެހައި މަސައްކަތްތައް ކުރުން. - ރާއްޖެއިން ބޭރުގައި ކުރާ ކައިވެނި ރަޖިސްޓްރީކުރުމަށް ބޭނުންވާ ބަޔާންތައް ނެގުމުގެ އިދާރީ އެންމެހައި މަސައްކަތްތައް ކުރުމާއި އިޤްރާރު ތައްޔާރުކޮށް ސޮއި ކުރުވުން. - ބޭރު ކައިވެނީގެ ރެކޯޑު ދުވަހުން ދުވަހަށް ބެލެހެއްޓުމާއި ބޭރު ކައިވެނީގެ ތަފާސް ހިސާބު ބެލެހެއްޓުން. - ކައިވެނި ސެޓްފިކެޓް ގެއްލިގެން އަލުން ހައްދައިދިނުމަށް އެދި ހުށަހަޅާ ފަރާތްތަކަށް ސެޓްފިކެޓް ހައްދައިދިނުމުގެ އިދާރީ އެންމެހައި މަސައްކަތްތައް ކުރުން. - ދުވަސްވީ ކައިވެނީގެ ސެޓްފިކެޓްތަކާ ގުޅިގެން ރަށުކޯޓުތަކަށް ފޮނުވަންޖެހޭ މެސެޖް ތައްޔާރުކޮށް ފޮނުވުމާއި އެމެސެޖްތަކުގެ ޖަވާބު ހޯދުމަށް ކުރަންޖެހޭ މަސައްކަތް ކުރުން. - ކައިވެނި ސެކްޝަނުން ބަހާ ޗިޓްތަކުގެ ރިކޯޑް ބެލެހެއްޓުން. - ރަޖިސްޓްރީނުކޮށް ހުންނަ ކައިވެނިތަކުގެ ޖޫރިމަނާ ޗިޓް ތައްޔާރުކުރުން. - ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕަރ)ގެ އެކަނިވެރި މައިންގެ ކައިވެނީގެ ރެކޯޑް ހޯދައި އެފަރާތަށް ފޮނުވުން. - އެކަނިވެރި މައިންގެ ގޮތުގައި އެލަވަންސް ލިބޭ މީހުން ކައިވެނި ކުރުމުން އެކަން އެންސްޕަރ އަށް އެންގުން. - މީގެ އިތުރުން ކޯޓުގެ މަސްއޫލިއްޔަތުތައް ތަންފީޒުކުރުމަށްޓަކައި ކޯޓުން ޙަވާލުކުރެވޭ އިތުރު މަސައްކަތްތައް. |
ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި: |
- ވަޒީފާއަށް އެދޭ ފޯމު (މި ކޯޓުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މި ކޯޓުގެ ވެބްސައިޓް www.familycourt.gov.mv އިން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.) - ކުރިމަތިލާ ފަރާތުގެ ވަނަވަރު. - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. - ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (ސެޓުފިކެޓް ލެވެލް އިން މަތީ ސެޓުފިކެޓްތައް ހުށަހަޅަންވާނީ އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުތަކުގެ ކޮޕީއެވެ.) - ސްކޫލް ލީވިންގ ސެޓްފިކެޓްގެ ކޮޕީ. - އަދާކޮށްފައިވާ ވަޒީފާތަކާއި، އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، މަޤާމުގެ ރޭންކާއި، މަޤާމުގައިވީ މުއްދަތާއި، މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ. - ފާއިތުވީ ދެއަހަރު ދުވަހުގެ މަސައްކަތު ފެންވަރު ބަލާފައިވާ ފޯމްގެ ކޮޕީ. (މި ފޯމު ހުށަހަޅަންޖެހޭނީ ހަމައެކަނި ދެވަނަ ޝަރުޠައް ބަލައި، ޝަރުޠުހަމަވާ ފަރާތްތަކުން) - ފޯމާއެކު ހުށަހަޅަން ޖެހޭނެކަމަށް އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް ހުށަހަޅާފައިނުވާނަމަ، އެފޯމެއް ބާޠިލު ކުރެވޭނެއެވެ. - ނޯޓް: ވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަރވިއުއަށް ހޮވޭ މީހުންގެ އެކަންޏެވެ. މިގޮތުން އިންޓަރވިއުއަށް ހޮވޭ މީހުން އިންޓަރވިއުއަށް ޙާޟިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ލިޔުން ގެންނަންވާނެއެވެ. |
ސުންގަޑި: |
27 ފެބުރުއަރީ 2017 ގެ 14:00 ކުރިން. |
އިތުރު މަޢުލޫމާތު: |
- މި މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވާނީ މަޤާމުގެ ވާޖިބުތައް އަދާކުރެވޭނެކަމަށް އިންޓަރވިއުގައި ސާބިތުކޮށްދޭ ފަރާތްތަކުގެ ތެރެއިންނެވެ. - މި މަޤާމަށްއެދި ހުށަހަޅާ ފޯމްތަކުގެ ތެރެއިން އިޢުލާނާއި އެއްގޮތަށް ޝަރުތު ފުރިހަމަ ނުވާކަމަށް މި ކޯޓުގެ އެޗް.އާރު ކޮމިޓީއަށް ފެންނަ ފޯމްތައް ކެންސަލް ކުރެވޭނެއެވެ. ނޯޓް: މި ވަޒީފާ އަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 20 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި،އެޗް.އާރު ކޮމިޓީއިން ކަނޑައަޅާ އަދަދަކަށް އިންޓަރވިއުކުރާނެ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ. |
17 ޖުމާދަލްއޫލާ 1438 14 ފެބުރުވަރީ 2017 |