ދިވެހިރާއްޖެ
ނަންބަރު:IUL)MMPRC-HR/1/2017/15)
އިޢުލާން
މި ކޯޕަރޭޝަނުގެ އިރުޝާދާ އެއްގޮތަށް 1 އަހަރުގެ މުއްދަތަށް ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތައް ބޭނުންވާނެ ފޮޓޯ ނަގައިދޭނެ 5 ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2017 ފެބުރުވަރީ 20ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް ވެލާނާގެ 04 ވަނަ ފަންގިފިލާގައި ހުންނަ މި ކޯޕަރޭޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 ފެބުރުވަރީ 28ވާ އަންގާރަ ދުވަހުގެ 10:00އަށް މި ކޯޕަރޭޝަނަށް ވަޑައިގެން ޕްރޮޕޯސަލް ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލާނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ މިކޯޕަރޭޝަންގެ 3323228 ނަންބަރު ފޯނާއެވެ.
16 ޖުމާދުލްއޫލާ 1438
13 ފެބުރުވަރީ 2017