ދިވެހިރާއްޖެ
އިޢުލާން
މެޖިސްޓްރޭޓް ކޯޓްތަކަށް ބޭނުންވާ ތަކެތި ހޯދުމާބެހޭ
މިއަތޮޅުގެ މެޖިސްޓްރޭޓް ކޯޓްތަކަށް، 6 މަސްދުވަހަށް ބޭނުންވާ ތިރީގައި މިދަންނަވާ ތަކެތި ގަންނަން ބޭނުންވެއެވެ.
- އޮފީސް ސާމާނު އަދި ސްޓޭޝަނަރީޒް
- ސާފުކުރާ ސާމާނު
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 19 ފެބްރުއަރީ 2017 ވާ އާދީއްތަ ދުވަހު 13:00 އަށް، މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 26 ފެބްރުއަރީ 2017 ވާ އާދީއްތަ ދުވަހު 13:00 އަށް، މިކޯޓަށް ވަޑައިގެން ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 26 ފެބްރުއަރީ 2017
އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 13:00
އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓު
އިތުރު މަޢުލޫމާތު ހޯއްދެވުމަށް : ފޯން : 6800610 ފެކްސް : 6800799 އީމެއިލް : l.fonadhoo @judiciary.gov.mv
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައެއްނުގަނެވޭނެއެވެ.
11 ޖުމާދަލްއޫލާ 1438
13 ފެބްރުއަރީ 2017