ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓް، މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އިވެންޓް މެނޭޖް ކުރާނޭ ފަރާތެއް ހޯދުމަށް

 

އިއުލާން ނަމްބަރު: IUL)461-AS/1/2017/3)    

 

މިޑިޕާޓްމަންޓުގެ ފަރާތުން 2015 އަދި 2016 ވަނަ އަހަރު ބޭއްވި ނެޝަނަލް އެސެސްމަންޓް ރިޕޯޓު ލޯންޗުކުރުމަށް ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ގަސްތުކޮށްފައެވެ. އަދި މިރަސްމިއްޔާތުގެ ކަންތައްތައް ކޯޑިނޭޓްކޮށް މެނޭޖްކުރާނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމަ، މިކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މިޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

 

މަޢުލޫމާތު ސާފުކުރުން:  16 ފެބުރުއަރީ 2017 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނީ: ކޮލިޓީ އެޝުއަރަންސް ޑިޕާޓްމަންޓް (އެދުރުހިޔާ އިމާރާތުގެ 9 ވަނަ ފަންގިފިލާ/ފަޅުމަތީމަގު/ މާލެ)ގެ މީޓިންގ ރޫމަށް.

- މަޢުލޫމާތު ސާފުކުރެއްވުމަށް ގަޑިޔަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށެހެޅުމުގެ ފުރުސަތު ނުދެވޭނެ ވާހަކަ ދެންނެވީމެވެ.

 

އަންދާސީ ހިސާބު ހުށަހެޅުން: 22 ފެބުރުވަރީ 2017ވާ ބުދަ ދުވަހުގެ 11:00 އަށް

- މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 22 ފެބުރުވަރީ 2017ވާ ބުދަ ދުވަހުގެ 11:00 އަށް  ކޮލިޓީ އެޝުއަރަންސް ޑިޕާޓްމަންޓް (އެދުރުހިޔާ އިމާރާތުގެ 9 ވަނަ ފަންގިފިލާ/ފަޅުމަތީމަގު/ މާލެ)ގެ މީޓިންގ ރޫމަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އެދި ދަންނަވަމެވެ.

 

އަންދާސީ ހިސާބު އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:

ޑިރެކްޓަރ ޖެނެރަލް

ކޮލިޓީ އެޝުއަރަންސް ޑިޕާޓްމަންޓް،

އެދުރުހިޔާ 9 ވަނަ ފަންގިފިލާ، ފަޅުމަތީމަގު، މާލެ.

 

އިތުރު މައުލޫމާތު: - އިތުރު މައުލޫމާތު ބޭނުންފުޅުނަމަ މިމިނިސްޓްރީގެ ކޮލިޓީ އެޝުއަރަންސް ޑިޕާޓްމަންޓާ (ފޯނު:3341140) ގުޅުއްވުން އެދެމެވެ.

13 ފެބުރުވަރީ 2017
ހޯދާ