މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް (ޒޯން-ސީ) ދޫކުރުމުގެ ޚިދުމަތް ފެށުން

އިޢުލާން

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް (ޒޯން-ސީ) ދޫކުރުމުގެ ޚިދުމަތް ފެށުން

ޓްރާންސްޕޯޓް އޮތޯރިޓީން ދެމުންގެންދާ ޚިދުމަތްތަކުގެތެރެއިން އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ( ޒޯން ސީ ) ދޫކުރުމުގެ ޚިދުމަތް މިއިދާރާއިން ދިނުމަށް މިހާރުވަނީ ތައްޔާރުވެފައެވެ.

މިޚިދުމަތް ހޯއްދެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ޓްރާންސްޕޯޓް އޮތޯރިޓީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސަށް އެދޭ ފޯމް (LL1) ފުރުވުމަށްފަހު، ފޯމާއިއެކު ހުށަހަޅަންޖެހޭ ތަކެއްޗާއިއެކު މިއިދާރާއަށް ހުށަހެޅުމުން ތިއަރީ ޓެސްޓް ހެދުމަށް ޙާޟިރުވާންޖެހޭ ދުވަހާއި ގަޑި އެންގޭނެއެވެ.

ތިއަރީ ޓެސްޓާއި ދުއްވުމުގެ ޓެސްޓް އޮންނާނީ ކޮންމެ ޙަފްތާއެއްގެ ހޯމަ އަދި ބުދަ ދުވަހުއެވެ. އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސަށް އެދޭ ފޯމް ޓްރާންސްޕޯޓް އޮތޯރިޓީގެ ވެބްސައިޓުންނާއި މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ޒޯން ސީ ހައްދައިދިނުމާއިބެހޭ ގޮތުން މިކައުންސިލުން އެކުލަވަލައި ފާސްކޮށްފައިވާ އުޞޫލު މި އިޢުލާނާއިއެކު ޢާއްމު ކުރީމެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގައި އިޢުލާން ކުރީމެވެ.

 

އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ޒޯން ސީ ހައްދައިދިނުމާބެހޭ އުޞޫލު

މިއީ ޓްރާންސްޕޯރޓް އޮތޯރިޓީން ދެމުންގެންދާ އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގައި މިއިދާރާއިން ޢަމަލުކުރާނެ ގޮތުގެ އުޞޫލެވެ. 

  1. ތިއަރީ ޓެސްޓް

1.1          ތިއަރީ ޓެސްޓް ހެދުން އޮންނާނީ ކޮންމެ ހޯމަ އަދި ބުދަ ދުވަހެއްގެ 10:00 އިން ފެށިގެން މިއިދާރާގެ މީޓީންގ ހޯލުގައެވެ.

1.2          އެއްގަމު ލައިސަންސަށް އެދޭ ފޯމް (LL-1) ފުރިހަމަ ކުރުމަށްފަހު ފޯމާއެކު ހުށަހަޅަންޖެހޭ ތަކެއްޗާއިއެކު، ތިއަރީ ޓެސްޓް އޮންނަ ދުވަހުގެ 9:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުމުން ތިއަރީ ޓެސްޓަށް ހާޟިރުވާންޖެހޭ ގަޑި އެންގޭނެއެވެ.

1.3          ތިއަރީ ޓެސްޓަށް ހާޟިރުވާއިރު ގަޑިޖެހުމުގެ 30 މިނެޓު ކުރިން މިއިދާރާއަށް ހާޟިރުވެ ޓެސްޓަށް ދައްކަންޖެހޭފީ ދައްކަންވާނެއެވެ.

1.4          ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ހަމައަށް ނުގެންނަ ފަރާތްތައް ތިއަރީ ޓެސްޓްގައި ބައިވެރިއެއް ނުކުރެވޭނެއެވެ. އަދި އެފަރާތްތަކަށް ފުރުޞަތު ލިބޭނީ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ހުށަހެޅުމުންނެވެ.

1.5          ތިއަރީ ޓެސްޓްގައި ބައިވެރިވާ ކޮންމެ ފަހަރަކު -/125 ރުފިޔާ ދައްކަންޖެހޭނެއެވެ. އެއީ ޓްރާންސްޕޯރޓް އޮތޯރިޓީއަށް ދައްކަންޖެހޭ -/100 ރުފިޔާ އާއި އިދާރީ މަސައްކަތަށް ނެގޭ -/25 ރުފިޔާއެވެ. 

  1. ދުއްވުމުގެ ޓެސްޓް

2.1          ދުއްވުމުގެ ޓެސްޓް އޮންނާނީ މިރަށު އިރުމަތި އަވަށުން ފެނަކަ އިންޖީނުގެ ގޭގެ ދެކުނުން އޮތް ހުސްބިމުގައެވެ. ޓެސްޓް އޮންނާނީ ހޯމަ އަދި ބުދަ މިދެދުވަހުއެވެ.

2.2          ތިއަރީ ޓެސްޓުން ފާސްވުމުން ދުއްވުމުގެ ޓެސްޓަށް ހާޟިރުވާންޖެހޭ ގަޑި ބައިވެރިންނަށް އެންގޭނެއެވެ.

2.3          ދުއްވުމުގެ ޓެސްޓްގައި ބައިވެރިވުމަށް، ތިއަރީ ޓެސްޓުން ފާސްވާ ދުވަހުން ފެށިގެން، 2 މަސްދުވަހުގެ މުއްދަތުގެ ފުރުޞަތެއް ކޮންމެ ބައިވެރިއަކަށްވެސް ލިބޭނެއެވެ. ދުއްވުމުގެ ޓެސްޓުން ފެއިލްވިޔަސް މިދެންނެވުނު މުއްދަތުގެ ތެރޭގައި ދުއްވުމުގެ ޓެސްޓްގައި ބައިވެރިވުމުގެ ފުރުޞަތު ލިބޭނެއެވެ.

2.4          ދުއްވުމުގެ ޓެސްޓަށް އުޅަނދު ހޯދާނީ އެބައިވެރިޔަކު އަމިއްލައަށެވެ.

2.5          ދުއްވުމުގެ ޓެސްޓުގައި ބޭނުންކުރެވޭނީ ޓްރާންސްޕޯޓް އޮތޯރިޓީގެ ޤަވާޢިދަށް ފެތޭ އުޅަނދެކެވެ.

2.6          ދުއްވުމުގެ ޓެސްޓްގައި ބައިވެރިވާ ކޮންމެ ފަހަރަކު -/125 ރުފިޔާ ދައްކަންޖެހޭނެއެވެ. އެއީ ޓްރާންސްޕޯރޓް އޮތޯރިޓީއަށް ދައްކަންޖެހޭ -/100 ރުފިޔާ އާއި އިދާރީ މަސައްކަތަށާއި އެގްޒާމިނަރަށް ދިނުމަށް ނެގޭ -/25 ރުފިޔާއެވެ.

  1. 3.    ފީ ނެގުމުގެ އުޞޫލާއި ހުށަހަޅަންޖެހޭ ލިޔުންތައް

3.1    އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ހެއްދުމަށް ނެގޭ ފީ

3.1.1           އަލަށް ހައްދާނަމަ -/250 ރ.

3.1.2           މުއްދަތު ހަމަވެގެން އާކުރާނަމަ -/250 ރ.

3.1.3           ގެއްލިގެން އަލުން ހައްދާނަމަ -/250 ރ.

3.1.4           ތިއަރީ ޓެސްޓް ހެދުމަށް -/125 ރ.

3.1.5           ދުއްވުމުގެ ޓެސްޓް ހެދުމަށް -/125 ރ.

 

3.2    ލައިސަންސް އަލަށް ހެއްދުމަށް ހުށަހަޅުއްވަންޖެހޭ ތަކެތި

3.2.1           ފުރިހަމަކޮށްފައިވާ ލައިސަންސަށްއެދޭ ފޯމް

3.2.2           -/50 ރ ގެ ރެވެނިއު ސްޓޭމްޕް

3.2.3           2 ފޮޓޯ ޕާސްޕޯޓް ސައިޒުގެ

3.2.4           ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

3.3    ލައިސަންސް އާކުރަން ހުށަހަޅުއްވަންޖެހޭ ތަކެތި

3.3.1           ފުރިހަމަކޮށްފައިވާ ލައިސަންސަށްއެދޭ ފޯމް

3.3.2           ކުރީގެ ލައިސަންސް

3.3.3           -/50 ރ ގެ ރެވެނިއު ސްޓޭމްޕް

3.3.4           2 ފޮޓޯ ޕާސްޕޯޓް ސައިޒުގެ

3.3.5           ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

3.4    ލައިސަންސް ގެއްލިގެން އަލުން ހައްދަން ހުށަހަޅުއްވަންޖެހޭ ތަކެތި

3.4.1           ފުރިހަމަކޮށްފައިވާ ލައިސަންސަށްއެދޭ ފޯމް

3.4.2           -/50 ރ ގެ ރެވެނިއު ސްޓޭމްޕް

3.4.3           2 ފޮޓޯ ޕާސްޕޯޓް ސައިޒުގެ

3.4.4           ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

12 ފެބުރުވަރީ 2017
ހޯދާ