ދިވެހިރާއްޖެ
ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
ނަންބަރ: IUL) 245/245/2017/03) އިޢުލާން
"މަސްޖިދު މޫސާ ޢަލީ" މިސްކިތް ފޮޅާ ސާފްކުރުމާއި ކުދި މާރާމާތުކޮށްދޭނެ ފަރާތެއްހޯދުން
މިރަށު "މަސްޖިދު މޫސާ ޢަލީ" މިސްކިތް 1 އަހަރުގެ މުއްދަތަށް އަމިއްލަތަކެތީގައި ފޮޅާސާފްކުރުމާއި ކުދި މަރާމާތު ކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 20 ފެބުރުއަރީ 2017 ވާ ހޯމަ ދުވަހު 13:00 އަށް އުލިގަމު ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، 26 ފެބުރުއަރީ 2017 ވާ އާދީއްތަ ދުވަހުގެ 13:00 އަށް އުލިގަމު ކައުންސިލް އިދާރާއަށް އަންދާސީ ހިސާބު ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދެމެވެ. އަންދާސީ ހިސާބު އޮންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައި ކަމުގައި ދަންނަވަމެވެ. ސިޓީއުރާގެ ބޭރުގައި "މަސްޖިދު މޫސާ ޢަލީ ފޮޅާ ސާފްކޮއްދިނުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.
މިމަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/18) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޟިރުނުވާ ފަރާތްތަކުންނާއި އަންދާސީ ހިސާބު ހުށަހެޅުމަށް އޮންނަ ގަޑީގެ ފަހުން ހުށައަޅާ އަންދާސީ ހިސާބުތައްވެސް ބަލައި ނުގަނެވޭއެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ހާޟިރުވާއިރު ހާޟިރުވާ ފަރާތުގެ އަޑީކާޑު ގެންނަވަންވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ އުލިގަމު ކައުންސިލް އިދާރާގެ 6500036 ނަންބަރު ފޯނަށެވެ.
16 ޖުމާދަލް އޫލާ 1438
13 ފެބުރުއަރީ 2017