މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އިންޓަގްރޭޓަޑް ވޯޓަރ ރިސޯސް މެނޭޖްމަންޓުގެ މާއްދާއެއްގެ ކަރިކިއުލަމެއް އެކުލަވައިލުމަށް ކޮންސަލްޓަންޓެއް ހޯދަން ބޭނުންވެއްޖެ

                         ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު                            

އިންޓަގްރޭޓަޑް ވޯޓަރ ރިސޯސް މެނޭޖްމަންޓުގެ މާއްދާއެއްގެ ކަރިކިއުލަމެއް އެކުލަވައިލުމަށް ކޮންސަލްޓަންޓެއް ހޯދަން ބޭނުންވެއްޖެ

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ) އިން އިންޓްގްރޭޓަޑް ވޯޓަރ ރިސޯސް މެނޭޖްމަންޓް މާއްދާއެއްގެ ކަރިކިއުލަމެއް އެކުލަވައިލުމަށް ކޮންސަލްޓަންޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ އަލުން އިޢުލާން ކުރަމެވެ.

ވީމާ، މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން އަރުވަމެވެ.

މިމަސައްކަތުގެ " ބިޑް ޑޮކިއުމަންޓް " މިމިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ލިޔުމުން މި މިނިސްޓްރީއަށް ބިޑް ހުށަހެޅުމަށް ހަމަޖެހިފައިވާ ދުވަހުގެ ފަސް ދުވަސް ކުރިން ހުށަހެޅުއްވުން އެދެމެވެ.

މި ބީލަމުގައި ބައިވެރިވަޑައިގެންނެވުމަށް ޝަޢުޤުވެރިވާ ފަރާތްތަށް [email protected] އަށް މެއިލް ކުރައްވައިގެން ރެޖިސްޓްރީ ކުރަންވާނެއެވެ. ރެޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވަޑައިގަތުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. ބީލަން ހުށަހެޅުމަށް ރެޖިސްޓްރީ ކުރެވޭނެ އެންމެފަހު ތާރީޚަކީ 19 ފެބުރުވަރީ 2017 އެވެ.

ހުށަހަޅަންވީ ތެކެތި:

  • މަސައްކަތް ކޮއްދިނުމުގެ ޕްރޮޕޯސަލް ( ވާރކް ޕްލާން )
  • ކަރިކިއުލަމް ވައިޓޭ (ސީވީ)
  • އައި.ޑީ ކާޑުގެ ކޮޕީ
  • މިފަދަ މަސައްކަތެއް ކުރިން ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުން.

ބީލަން ހުޅުވުން

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 21 ފެބުރުވަރީ 2017 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި މި މަސައްކަތަށް ބީލަން ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީ އުރައެއްގައި ބަންދުކޮށް ތިރީގައިވާގޮތަށް ޖެއްސެވުމަށްފަހު 21 ފެބުރުވަރީ 2017 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 ގައި ހުށަހެޅުއްވުން އެދެމެވެ.

" އިންޓަގްރޭޓަޑް ވޯޓަރ ރިސޯސް މެނެޖްމަންޓް މާއްދާއެއް ތައްޔާރު ކުރުން : IUL)438-WS/438/2017/32)  "

"ޕްރޮޕޯސަލް" އޮންނަންވާނީ ސިޓީ އުރައެއްގައި ބަންދުކޮށްފައެވެ. ބޭރުގައި "ޕްރޮޕޯސަލް" މި މަސައްކަތުގެ ނަމާއި، ހުށަ ހެޅިފަރާތުގެ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު ލިޔެފައި އޮންނަންވާނެއެވެ.

އަންދާސީ ހިސާބު ހުށަހަޅަން ވާނީ ތިރީގައި މިވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިޔުމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާލެ، 20392، ދިވެހިރާއްޖެ

ފޯނު: 3018431 960+ ފެކްސް: 3018301 960+

އީމެއިލް: [email protected]

ވެބްސައިޓް: http://www.environment.gov.mv

13 ފެބުރުވަރީ 2017
ހޯދާ