ދަނގެތީ ސްކޫލް، އދ. ދަނގެތި
ދިވެހިރާއްޖެ
2017 ވަނައަހަރު އައުޓްސޯސް އުސޫލުން ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެ.


އިޢުލާން

2017 ވަނައަހަރު އައުޓްސޯސް އުސޫލުން ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

           މި ސްކޫލުގެ ސެކިއުރިޓީ 1 އަހަރު ދުވަހުގެ މުއްދަތަށް (1 ޖަނަވަރީ 2017 އިން 31 ޑިސެންބަރު 2017 އަށް) ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި މިސްކޫލުގެ ނަމްބަރު GS158/I/2016/30  ( 20 ޑިސެމްބަރ 2016) އިޢުލާނާއި ގުޅިގެން އަގު ހުށައެޅި ފަރާތް ތައް މަދުކަމަށް ފެންނާތީ އެއިޢުލާން ބާތިލުކޮށް އަލުން އިޢުލާންކުރަމެވެ.

ވީމާ،މިސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން 2017 ފެބުރުއަރީ  16 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 ފެބުރުއަރީ 20 ވާ ހޯމަދުވަހުގެ 11:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ރަސްމީގަޑީގައި މިސްކޫލުގެ  ނަންބަރު 6680803 ފޯނަށް ގުޅުއްވުން އެދެމެވެ. 


 

                       12 ޖުމާދިލް އޫލާ  1438

                       09 ފެބުރުއަރީ  2017

09 ފެބުރުވަރީ 2017
ހޯދާ