ދިވެހިރާއްޖެ
ނަމްބަރ: (IUL)306/306/2017/14
އިޢުލާން
ރަސްމާދޫ ކައުންސިލް އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމާއިބެހޭ
2017 ވަނަ އަހަރު މިއިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން، 21 ފެބްރުއަރީ 2017 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، 23 ފެބްރުއަރީ 2017 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ތައްޔާރުކުރެވިފައި ހުންނަންވާނީ " ކައުންސިލް އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުން އައުޓްސޯސް ކުރުމުގެ މަޢުލޫމާތު " ކަރުދާހުގައިވާ މަޢުލޫމާތު އެކުލެވޭ ގޮތަށެވެ.
މަޢުލޫމާތު ސާފުކުރުމަށް ޙާޒިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6580049 ނަމްބަރު ފޯނާއި ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
12 ފެބްރުއަރީ 2017