ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2016 ވަނަ އަހަރުގެ ނޮވެންބަރު 14 ވަނަ ދުވަހު ބޭއްވި ސިވިލް ސަރވިސް އަށް ވަނުމަށް ދެވޭ އިމްތިޙާނުގެ ސެޓްފިކެޓް ދޫކުރުން.

ނަންބަރު: IUL)120/1/2017/13)

 

އިޢުލާން

2016 ވަނަ އަހަރުގެ ނޮވެންބަރު 14 ވަނަ ދުވަހު ބޭއްވި ސިވިލް ސަރވިސް އަށް ވަނުމަށް ދެވޭ އިމްތިޙާނުގެ ސެޓްފިކެޓް ދޫކުރުން.

2016 ވަނަ އަހަރުގެ ނޮވެންބަރު 14 ވަނަ ދުވަހު ބޭއްވި ސިވިލް ސަރވިސް އަށް ވަނުމަށް ދެވޭ އިމްތިޙާނުގެ ސެޓްފިކެޓް 2017 ފެބުރުވަރީ 15 ވާ ބުދަ ދުވަހުން ފެށިގެން 2017 ފެބުރުވަރީ 28 ވާ އަންގާރަ ދުވަހުގެ ނިޔަލަށް މިޑިޕާޓްމަންޓުންނާއި އެ ކެންޑިޑޭޓަކު އިމްތިޙާނުގައި ބައިވެރިވި ސެންޓަރަކުން ދޫކުރާނެއެވެ. ސެޓްފިކެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 0830 ން 13.30އަށެވެ.

މިޑިޕާޓްމަންޓް މެދުވެރިކޮށް އަމިއްލަ ގޮތުން އިމްތިޙާނުގައި ބައިވެރިވި ކެންޑިޑޭޓުންގެ ސެޓްފިކެޓާ ޙަވާލުވުމަށް އަންނައިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެނައުން އެދެމެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ، ކެންޑިޑޭޓުގެ އައިޑީ ކާޑާއި، ޙަވާލުވާ ފަރާތުގެ އައިޑީ ކާޑު ގެންނަންވާނެއެވެ. ސެންޓަރުތަކުގެ ސެޓްފިކެޓު ޙަވާލުކުރެވޭނީ ސެންޓަރުގެ ލިޔުމަކާއި އެއަންނަ މީހެއްގެ އައިޑީ ކާޑު ގެނައުމުންނެވެ.

15 ޖުމާދަލްއޫލާ 1438

12 ފެބުރުވަރީ 2017 

12 ފެބުރުވަރީ 2017
ހޯދާ