ދިވެހިރާއްޖެ
މިމިނިސްޓްރީން ދެވޭ ވެޓެރިނަރީ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން ވެޓެރިނަރީ ކްލިނިކެއް ޤާއިމުކުރުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު (IUL)30-E3/30/2016/104 (21 ޑިސެންބަރު 2016) އިޢުލާނާ ގުޅިގެން އެކަށީގެންވާ ޢަދަދަށް ޕްރޮޕޯޒަލް ލިބިފައިނުވާތީ މިއިޢުލާން ބާޠިލުކޮށް، އަލުން މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވައިލަމެވެ.
ވީމާ، މިމިނިސްޓްރީއާ ގުޅިގެން ވިލިމާލޭގައި ވެޓެރިނަރީ ކްލިނިކެއް ޤާއިމުކުރުމަށް ބޭނުންވާ ފަރާތްތަކުން، 14 ފެބްރުވަރީ 2017 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިމިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 26 ފެބްރުވަރީ 2017 ވާ އާދީއްތަ ދުވަހުގެ 13:00 އަށް ޕްރޮޕޯޒަލް ހިއްޕަވައިގެން މިމިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339208 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
11 جُمادى الأولى 1438
08 ފެބްރުވަރީ 2017