މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ކޮޅުމަޑުލު ގުރައިދޫ މުދިމް/އިމާމު/އިސްއިމާމު

އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމް

މުދިމް/އިމާމް/އިސްއިމާމު

ބޭނުންވާ ޢަދަދު

1 ( އެކެއް )

މަޤާމް އޮތް އޮފީސް

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

ސެކްޝަން/ޔުނިޓު

އިމާމް ޔުނިޓް

ވަޒީފާ އަދާކުރަންޖެހޭ ތަން

ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

  • ފަރުޟު ފަސްނަމާދު، ކޮންމެ ނަމާދު ވަގުތު ޖެހުމުގެ ކުރިން ކައުންސިލްގެ އިދާރާއިން ހަވާލުކުރާ މިސްކިތަށް ހާޒިރުވެ މިސްކިތުގެ ކަންތައްތައްބަލައި ރަނގަޅު ކުރަންޖެހޭ ކަންތައްތައް ރަނގަޅުކުރުމާއި ފަރުޟު ފަސްނަމާދުގެ ވަގުތަށް ބަންގި ގޮވުމާއި، އިމާމުވެ ނަމާދުކުރުން.
  • ދުވަހު ހާޒިރީގައި ސޮއިކޮށްފައިވަނިކޮށް، ހަމަ އެދުވަހު ކަމެއް ދިމާވެގެން މިސްކިތަށް ދިއުމަށް އުޒުރުވެރިވާނަމަ، ނުވަތަ ސަލާމުގެ ޗުއްޓީގައި ހުންނަ ދުވަހެއްނަމަ، އެ ދުވަހުގެ ބާކީ އޮތްބައި ފުރިހަމަކުރުމަށް، ކީރިތި ޤުރްއާން ތަޖްވީދުގެ ހަމަތަކާ އެއްގޮތަށް ކިޔަވަން ދަންނަ، އަޑުހަރުކޮށް ބަންގިގޮވޭފަދަ ޤާބިލުމީހަކާ، މިސްކިތުގައި އިމާމުވެ ނަމާދުކުރަން ހަވާލުކޮށްފައި، އިދާރާއަށް އެކަން އެންގުން.
  • މިސްކިތު މަސައްކަތު މީހުންގެ މަސައްކަތްތައް ސުޕަވައިޒްކުރުން.
  • މިސްކިތަށް ލިބޭ ގެއްލުންތަކާއި، ދަތިވާ ކަންކަން ކައުންސިލްގެ އިދާރާއަށް ހުށަހަޅައި އެކަންކަން ރަނގަޅުކުރުމަށް މަސައްކަތް ކުރުން.
  • މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުން
  • ކައުންސިލްގެ އިދާރާއިން އަންގައިފިނަމަ ކޭތަނަމާދާއި، ޢީދު ނަމާދާއި، ހުކުރު ނަމާދާއި، ތަރާވީޙް ނަމާދާއި، ކަށުނަމާދު، އިމާމުވެ މިސްކިތުގައި ކުރުން.

 

މަޤާމު

ރޭންކް

ކްލެފިކޭޝާން

ޝަރުޠު

މުސާރަ

)މަހަކު(

ސަރވިސް އެލަވަންސް މަހަކު

މުދިމު

 

ޖީ.އެސް 1

 

އެސިސްޓެންޓް އޮފިސަރ ގްރޭޑް1

 

 

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،

  • އިމާމުވެ ނަމާދުކުރަން އެނގޭ މީހެއްތޯ ބެލުމާއި، އިމާމުވެ ނަމާދުކުރެވޭވަރަށް ތަޖުވީދު މަގުން ކީރިތި ޤުރްއާން ކިޔަވަން އެނގޭތޯ ބެލުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދެއްވާ ފެންވަރު ބެލުމުގެ އިމްތިޙާނުން ފާސްވެފައިވުން، ނުވަތަ
  • ހުކުރުކުރުމުގެ ހުއްދަ ލިބިފައިވުން.

3,565/- ރުފިޔާ

 

1,500/- ރުފިޔާ

އިމާމު

 

ޖީ.އެސް 3

 

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ އޮފިސަރ ގްރޭޑް 1

 

  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތު ކޮށްދިނުމާއެކު،
  • މުދިމްކަމުގެ ސަނަދު ލިބިފައިވުން ނުވަތަ،
  • ހުކުރުކުރުމުގެ ސަނަދު ލިބިފައިވުން ނުވަތަ،
  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

4,465/- ރުފިޔާ

1,500/- ރުފިޔާ

 

ޖީ.އެސް 4

 

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ އޮފިސަރ ގްރޭޑް 2

 

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ގާބިލުކަން ސާބިތު ކޮށްދިނުމާއެކު،

  • އިމާމުގެ މަޤާމުގައި ޖީ.އެސް 3 ގެ ރޭންކުގައި މަދުވެގެން 5 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
  • މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ޤަބޫލުކުރަށްވާ ދީނީ މަރުކަޒަކުން، މަތި ސާނަވީ ސެޓުފިކެޓު ލިބިފައިވުން ނުވަތަ،
  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

5,020/- ރުފިޔާ

1,500/- ރުފިޔާ

 

އެމް.އެސް 1

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

 

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތު ކޮށްދިނުމާއެކު،

  • އިމާމުގެ މަޤާމުގައި ޖީ.އެސް 4 ގެ ރޭންކުގައި މަދުވެގެން 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ ލެވެލް 6 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުން.

5,610/- ރުފިޔާ

2,000/- ރުފިޔާ

 

އެމް.އެސް 2

 

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

 

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،

  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުން.

6,295/- ރުފިޔާ 

2,000/- ރުފިޔާ

އިމާމު

 

 

 

 

 

އެމް.އެސް 3

 

 

 

 

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 2

 

 

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ލިބިފައިވުމާއެކު، އިމާމުކަމުގެ މަޤާމުގައި އެމް.އެސް 2 ގެ ރޭންކުގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުން.

 7,035/-ރުފިޔާ 

 

 

 

2,000/- ރުފިޔާ

އެހެނިހެން އިނާޔަޠްތައް:

  • އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، ބަންދުދުވަހުގެ ފައިސާއާއި އަދި މަސައްކަތަށް ރަނގަޅުނަމަ، ސިވިލްސަރވިސްގެ މުވައްޒަފުންނާބެހޭ ގަވާއިދުގައިވާ ގޮތުގެމަތިން ވަޒީފާގެ ކުރިއެރުން ދެވޭނެއެވެ. އަދި އަހަރީ ޗުއްޓީގެ ގޮތުގައި ކޮންމެ އަހަރަކު 30 ދުވަހާއި، އާއިލީ ޒިންމާގެ ޗުއްޓީގެގޮތުގައި 10 ދުވަސް ލިބޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1 - ތަޢުލީމާއި، ތަމްރީން.

2 - މަސައްކަތުގެ ތަޖުރިބާ.

3 - މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމުގެ ސިފަތައް.

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި، ޕްރެކްޓިކަލްސްއާއި އިމްތިޙާން ކުރުން އޮންނާނެ ތާރީޚާއި ތަން:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 15 ދުވަހުގެ ތެރޭގައި، ކުރިމަތިލީ ފަރާތްތަކަށް އެންގޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު. (ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު، ކޮޅުމަޑުލު ގުރައިދޫ ކައުންސިލް އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް  www.csc.gov.mv އިން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. ( ރާއްޖެއިން ބޭރުގެ ތަޢުލީމީ އިންސްޓިޓިއުޓަކުން ނުވަތަ ރާއްޖޭގެ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ އިންސްޓިޓިއުޝަނެއްގެ ކޯހެއްނަމަ،މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން ފެންވަރު ބަލާފައިވާ ސެޓުފިކެޓުގެ ސެޓުފިކެޓުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރުމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކުރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ )
  4. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. ( މަސައްކަތް ކުރިތަނުން މަސައްކަތްކުރި ތަންތަނުން މަސައްކަތްކުރި މުއްދަތާއި މަގާމާއި މަސްޢޫލިއްޔަތު ބަޔާންކޮށްފައިވާ )
  5. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި މަސައްކަތުގެ ތަކުރިބާ ދެނެގަތުމަށް،މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ.  (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
  7.  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. (ސީވީ ). ( ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް )

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2017 ފެބުރުވަރީ 23 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން  ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާއަށްހުށަހެޅުން އެދެމެވެ. 

އިތުރުމަޢުލޫމާތު ހޯދުމަށް:

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ ކޮޅުމަޑުލު ގުރައިދޫ ކައުންސިލް  އިދާރާގެ 6780715  ނަންބަރަށެވެ. ނުވަތަ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ 3020232 ނަންބަރު ފޯނަށެވެ. ކޮޅުމަޑުލު ގުރައިދޫ ކައުންސިލް އިދާރާގެ ފެކްސް ނަންބަރަކީ، 6780715 އެވެ.އީމެއިލްކުރާނީ   guraidhoo_councilalive.com  އަށެވެ.

             

11 ޖުމާދަލްޢޫލާ 1438

08 ފެބުރުވަރީ 2017

08 ފެބުރުވަރީ 2017
ހޯދާ