މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ބީލަމުގެ އުޞޫލުން ގދ. އަތޮޅުގެ ފަޅުރަށްރަށް ވަރުވާއަށް ދޫކުރުން

ބީލަމުގެ އުޞޫލުން ގދ. އަތޮޅުގެ ފަޅުރަށްރަށް ވަރުވާއަށް ދޫކުރުން

 

ގދ. އަތޮޅުން ވަރުވާއަށް ދޫކުރުމަށް ކަނޑައެޅިފައިވާ ފަޅުރަށްތަކުގެ ތެރެއިން 27 (ހަތާވީސް) ރަށް ވަރުވާއަށް ހިފުމަށް އެދޭ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލި ވާހަކަ ދަންނަވަމެވެ.

 

  1. ގދ. އާކިރާހުއްޓާ (7.5)
  2. ގދ. އެކުރުކާރަޓާ (10.98)
  3. ގދ. އޮއިނިގިއްލާ (12.3)
  4. ގދ. ވެލަގަލާ (1.9)
  5. ގދ. މާރެހާ (ނަޑައްލާކައިރި) (1.3)
  6. ގދ. ފަރެދޫ (0.8)
  7. ގދ. ފާހުއްޓާ (3.1)
  8. ގދ. ފާނަހުއްޓާ (0.2)
  9. ގދ. ފެރޭތަވިލިގިއްލާ (1.4)
  10. ގދ. ދަޓެކެރަނަހުއްޓާ (0.7)
  11. ގދ. ދަޓެމުލައިދޫ (0.5)
  12. ގދ. ދިއްމަނާ (0.6)
  13. ގދ.ލިފަދޫ(2.2)
  14. ގދ. ހަކަންޑޫ (5.8)
  15. ގދ. ހަޑާދޫ (2)
  16. ގދ. ހައްވެއްޔަރަޓާ (0.7)
  17. ގދ. ހާދުވާ (ދަތައިދޫކައިރި) (7.9)
  18. ގދ. ރާބަޑާފެހިރަޓާ (0.8)
  19. ގދ. ކާފަރަޓާ (0.2)
  20. ގދ. ކަންޑައްދޫ (0.5)
  21. ގދ. ކަޅެރެހާ (މަގުއްދޫފަޅުތެރެ) (8.5)
  22. ގދ. ކަޑެވާރެހާ (4.3)
  23. ގދ. ކުދެހާދުވާ (0.2)
  24. ގދ. ކުދެބީރާހުއްޓާ (0.4)
  25. ގދ. ކުދެމަތައިދުވާ (0.3)
  26. ގދ. ކޮޑެގަލާ (4.71)
  27. ގދ. އަތިހުއްޓާ (14.67)

ބިޑް ފޯމު ވިއްކުމަށް ހަމަޖެހިފައިވަނީ 12 ފެބްރުއަރީ 2017 (އާދިއްތަ) ދުވަހުން ފެށިގެން 20 ފެބްރުއަރީ 2017 (ބުރާސްފަތި) ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު ފަހު 13:00 އަށް މި މިނިސްޓްރީންނެވެ.

އަދި ޕްރޮސެސިންގ ފީ ބަލައިގަތުމަށް ހަމަޖެހިފައިވަނީ 27 ފެބްރުއަރީ 2017 (ހޯމަ) އިން 2 މާރިޗް 2017 (ބުރާސްފަތި) ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު ފަހު 13:00 އަށް މި މިނިސްޓްރީންނެވެ.

 އަދި ފޯމު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި ފޯމު ހުށަހެޅުން އޮންނާނެ ތަނާއި ގަޑި މި މިނިސްޓްރީން ފަހުން އިޢުލާން ކުރާނެ ވާހަކަ ދަންނަވަމެވެ.

ބިޑް ފޯމެއްގެ އަގަކީ -/20 (ވިހި) ރުފިޔާ އެވެ.

8 ފެބްރުއަރީ 2017

 

 

 

08 ފެބުރުވަރީ 2017
ހޯދާ