ދ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ދ.އަތޮޅު ހޮސްޕިޓަލަށް ގެޔެއް / އެޕާޓްމަންޓެއް ކުއްޔަށް ހިފުމާ ބެހޭ

މިހޮސްޕިޓަލުގެ ބޭނުމަށް 2 ނުވަތަ 3 ން ކޮޓަރީގެ ގެޔެއް/އެޕާޓްމަންޓެއް ކުއްޔަށްހިފުމަށް ކުރި އިއުލާން ނަންބަރ:   DHAH/2017/001 (03 ޖެނުއަރީ 2017)، ބާތިލްކުރުމަށްފަހު އަލުން 2 ނުވަތަ 3 ން ކޮޓަރީގެ ގެޔެއް/އެޕާޓްމަންޓެއް ކުއްޔަށްހިފުމަށް އިޢުލާން ކުރަމެވެ.

ވީމާ މިފަދަ ތަނެއް ކުއްޔަށް ދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 16  ފެބްރުއަރީ 2017 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މިހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 23 ފެބްރުއަރީ 2017 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މިހޮސްޕިޓަލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަދި  ގޭގެ ވެރިފަރާތް ފިޔަވައި އެހެން ފަރާތެއް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި އަންދާސީހިސާބު ހުށައެޅުމަށް ހާޒިރުވާނަމަ، ގޭގެ ވެރި ފަރާތުގެ ސިޓީއަކާއެކު ފޮނުއްވުން އެދެމެވެ.

11 ޖުމާދަލްޢޫލާ  1438 

08 ފެބްރުއަރީ  2017

 

 

 

                                                      އާއިޝަތު މުނީރު

                                                        ކޮމިއުނިޓީ ހެލްތް އޮފިސަރ

08 ފެބުރުވަރީ 2017
ހޯދާ