ދިވެހިރާއްޖެ
އިޢުލާން
ރ. މަޑުއްވަރީގައި އުފެދޭ ކުނި ރައްކާތެރި ގޮތުގައި ނައްތާލުމާއި ކުނިކޮށީގައި ކާދު ހެދުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން
މިކައުންސިލްގެ (30ޖެނުއަރީ2017) 308/2017/2(IUL) ނަމްބަރު އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ވަޑައިގެންފައިނުވާތީ އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.މިރަށުގައި އުފެދޭ ކުނީގެ ބާވަތްތައް ރައްކާތެރިގޮތުގައި ނައްތާލައި، ކުނިކޮށީގައި ކާދު ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ކުނި ނައްތާލުމުގެ މަސައްކަތްކުރާނީ މިކައުންސިލުން ކަނޑައަޅާ ފާސްކޮށްފައިވާ ގޮތުގެމަތިން އެކި ދާއިރާތަކުން މަހު ފީ އެއް ނަގައިގެންނެވެ.
# | ފީނަގާ ދާއިރާތައް | ފީނަގާ ރޭޓް |
1 | ޢާއްމު ގޭބިސީތައް | 150.00ރ |
2 | ފިހާރަތައް | 300.00ރ |
3 | ހޮޓާ، ކެފޭ، ރެސްޓޯރަންޓް | 500.00ރ |
4 | ލަކުޑީގެ މަސައްކަތާއި އެހެނިހެން މަސައްކަތް ކުރާ ވޯކްޝޮޕްތަކާއި ގުދަންތައް | 500.00ރ |
5 | އޮޑިހަރުގެތައް | 500.00ރ |
6 | ސަރުކާރުގެ މުޢައްޞަސާތަކާއި ކުލަބު ޖަމްޢިއްޔާ ޖަމާޢަތްތައް | 300.00ރ |
# | އަމިއްލައަށް ކުނި އުކާލާ ފަރާތްތަކުން ނަގާ ދޮރާށި ފީ | ކުނި އުކާލާ ކޮންމެ ދުވަހަކަށް |
1 | ޢާއްމު ގޭބިސީތަކުން ކުނި އުކާލާ ބަރޯ | 10.00ރ |
2 | ޢާއްމު ގޭބިސީތަކުން ކުނި އުކާލާ ގާޑިޔާ / ރަށު ޕިކަޕު (ބަގީ) | 30.00ރ |
3 | ޢާއްމު ގޭބިސީތަކުން ކުނި އުކާލާ ޕިކަޕް | 100.00ރ |
4 | އޮޑިދޯނިފަހަރާއި ލާންޗް އަދި ޑިންގީ | 100.00ރ |
މިމަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2017 ފެބުރުއަރީ 14 ވާ އަންގާރަ ދުވަހުގެ 13:00 ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2017 ފެބުރުއަރީ 21 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ ބިޑް ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފުކޮށް ބިޑް ހުށަހެޅޭނީ ކޮންމެ ފަރުދަކަށްވެސް އެއް ފަރާތެއްގެ ނަމުގައެވެ. މިމަސައްކަތް ކުރުމަށް މަޢުލޫމާތު ސާފުކޮށް ބިޑް ހުށަހެޅޭނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ނަމްބަރު 6580026 އަށް ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން ޢާއްމުކޮށް އަންގައި އިޢުލާނު ކުރީމެވެ.