Maldives
ފެކަލްޓީ އޮފް އެޑިޔުކޭޝަން
މައްޗަންގޮޅި އަމީނީމަގު،
މާލެ، ދިވެހިރާއްޖެ
(960)3345303 ފޯން
(960)3313425 ފެކްސް
www.mnu.edu.mv
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ
މިފެކަލްޓީގެ ލެބޯރެޓަރީއަށް ބޭނުންވާ އިކުއިޕްމެންޓާއި ރީއޭޖެންޓްސް އަދި ބައެއް ކެމިކަލް ފަދަ ތަކެތި ގަތުމަށް ބޭނުންވެގެން ކުރެވުނު މިފެކަލްޓީގެ ނަންބަރު: 153-FE/2016/07 (19 ސެޕްޓެމްބަރ 2016)ގެ އިޢުލާނާއި ހަވާލާދީ ދަންނަވަމެވެ. އެއިޢުލާނާއި ގުޅިގެން ދެވިފައިވާ ބައެއް މަޢުލޫމާތާއި ތަކެތީގެ އަދަދުތަކަށް ބަދަލުގެންނަން ޖެހޭތީ، އެ އިޢުލާން ބާޠިލްކޮށް މިފެކަލްޓީގެ ލެބޯރެޓަރީއަށް ބޭނުންވާ އިކުއިޕްމެންޓާއި ރީއޭޖެންޓްސް އަދި ބައެއް ކެމިކަލް ފަދަ ތަކެތި ގަތުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 13 ފެބްރުވަރީ 2017 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް ފެކަލްޓީ އޮފް އެޑިޔުކޭޝަން، އަމީނީ ބިލްޑިންގއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 16 ފެބްރުވަރީ 2017 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މިކަމަށް އަންދާސީ ހިސާބު ބަލައިގަނެވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ހަމަޖެހިފައިވާ ދުވަހު ގަޑިއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކެވެ.
10 ޖުމާދުލްއޫލާ 1438
07 ފެބްރުވަރީ 2017