ދިވެހިރާއްޖެ
މި އޮފީހުން މިހާރު ބޭނުން ކުރާ ޗެކްޕޮއިންޓް ފަޔަރވޯލް ގެ ލައިސަންސް އައުކުރުމަށް ކުރި، މި އޮފީހުގެ ނަންބަރު
IUL)7-ADMN/1/2017/4) އިޢުލާނާ ގުޅިގެން ތިންފަރާތަކުން ހާޞިރުވެފައި ނުވާތީ އެ އިޢުލާން ބާޠިލުކޮށް، މި މަސައްކަތްކޮށްދެއްވުމަށް ބޭނުންފުޅުވެވަޑާއިގަންނަވާ ފަރާތްތަކުން އެ ކަމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
މި ދެންނެވުނު ތަކެއްޗާއި ޕޮއިންޓު ދޭނެ އުސޫލާއި އަދި ބިޑާއި ބެހޭ އިތުރު މަޢުލޫމާތު ތިރީގައި މިވާ މިއޮފީހުގެ ވެބްސައިޓުގެ ލިންކުން ލިބިވަޑައިގަންނަވާނެއެވެ.
http://www.audit.gov.mv/procurement-announcements.aspx
ވީމާ، މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 13 ފެބުރުވަރީ 2017 ވާ ހޯމަ ދުވަހުގެ 14:00 އަށް މިއޮފީހަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވާ ދުވަހުގެ 14:00 ގެ ފަހުން އަންދާސީހިސާބު ހުށަހެޅުމަށް ހާޞިރުވާ ފަރާތްތައް ހޯލަށް ނުވެއްދޭނެ ވާހަކަވެސް ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ދުވަސްދުވަހުގެ ހެނދުނު 10:00 ން މެންދުރުފަހުގެ 14:00 އާއި ދެމެދު 3348228 އަދި 3348227 ނަންބަރު ފޯނާއެވެ.