ދިވެހިރާއްޖެ
ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާ
ލ.މާވަށް
ދިވެހިރާއްޖެ
އިއުލާން
ހައްދުންމަތީ މާވަށުގައި ޕްރީސްކޫލް ޢިމާރާތެއް ޤާއިމްކުރުމަށް ބޭނުންވެއްޖެއެވެ.
މިއިދާރާގެ ނަންބަރު IUL)400/INDIV/2016/77) އިޢުލާން އާއި ގުޅިގެން މިއިދާރާއަށް ހުށައެޅިފައިވާ އަންދާސީ ހިސާބުތަކުގެ އަގުތައް ބޮޑުކަމަށް ފެންނާތީވެ، އެ އިޢުލާން ބާތިލް ކޮށް ، ހިނަވާގެ ގޮތުގައި ލ.މާވަށުގައި ރާނާ ހިޔާކޮށްފައިވާ ޢިމާރާތް ޕްރީސްކޫލަކަށް ބަދަލްކޮއްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިޢިމާރާތާއި ގޯތި ކައުންސިލުން ބޭނުންވާފެންވަރަށް ޕްރީސްކޫލަކަށް ބަދަލްކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 9 ފެބްރުއަރީ 2017 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 14 ފެބްރުއަރީ ވާ އަންގާރަ ދުވަހުގެ 11:00 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.