ސިވިލް ކޯޓު
ދިވެހިރާއްޖެ
"ގްރާންޑެއްޒާ" ކިޔާ ސަފާރީ ބޯޓް ވިއްކާލުން

ސިވިލް ކޯޓު

   މާލެ،             

ދިވެހިރާއްޖެ                                  ނަންބަރު:144/B5-CR-3/2017/37     

 

އިޢުލާން

"ގްރާންޑެއްޒާ" ކިޔާ ސަފާރީ ބޯޓް ވިއްކާލުން

ނީލަން ކިޔޭ ބޭނުން: ސިވިލް ކޯޓުުގެ ނަންބަރު 1000/Cv-C/2013 ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމުގެ ގޮތުން

ބާވަތް: ސަފާރީ ބޯޓް

ނަން: ގްރާންޑެއްޒާ

ރަޖިސްޓްރީ ނަންބަރު: C1320B-02{10-T} (28 އޭޕްރިލް 2009)

މުދަލުގެ ތަފްޞީލް:  ދިގުމިން: 37 މީޓަރ، ފުޅާމިން: 8.300 މީޓަރ ފުންމިން: 3.00 މީޓަރ

ގްރޮސް ޓަނޭޖް: 192

ވެރިފަރާތް: އޯޝަން އެޑްވެންޗަރސް ޕްރައިވެޓް ލިމިޓެޑް (C-87/2001)

ނޯޓް: މި ސަފާރީ ބޯޓް ވިއްކާލުމަށް ހަމަޖެހިފައިވަނީ ބޯޓުގައިވާ އިންޖީނާއިއެކުގައިއެވެ. ބޯޓުގައިވާ އިންޖީނުގެ ތަފްޞީލު ތިރީގައި ބަޔާންކުރެވިފައި މިވަނީއެވެ. މިބޯޓު ރަޖިސްޓްރީކުރެވިފައިވަނީ 28 އޭޕްރިލް 2009 ގައިއެވެ.

އިންޖީނުގެ ތަފްޞީލް:

ބާވަތް: ޑީސަލް

މޮޑެލް ނަންބަރު:2x MAN D22866 LXE 40;440HP

 

 

ނީލަމުގެ ތަފްޞީލް:

ނީލަން ފެށޭ އަގު: ނީލަން ފެށޭނީ US$ 1,100,000.00 (އެއްމިލިއަން އެއްލައްކަ އެމެރިކާ ޑޮލަރު)

ސިޓީލުމުގެ ސުންގަޑި: 05 ފެބްރުއަރީ 2017 އިން ފެށިގެން 09 ފެބްރުއަރީ 2017 ގެ 14:30 ގެ ކުރިން

ސަފާރީ ބޯޓް ބެލުމުގެ އިިންތިޒާމް ހަމަޖެހިފައިވާ ތާރީޚްތައް: 29 ޖަނަވަރީ 2017 އިން 04 ފެބްރުއަރީ 2017 ގެ 14:00 – 17:00 އާދި ދެމެދު ސަފާރީ ބޯޓް ބެލުމުގެ އިންތިޒާމް ހަމަޖެހިފައިވެއެވެ.

ބޯޓް އޮތްތަން: ހުޅުމާލެ ފަޅު

ކޮންމެ ދުވަހެއްގެ އެންމެ މަތީއަގު ސިވިލް ކޯޓުގެ ވެބްސައިޓް (http://www.civilcourt.gov.mv) ގައި އިޢުލާންކުރެވިފައި ހުންނާނެއެވެ. ނީލަން ނިންމާލެވެޭނީ 09 ފެބްރުއަރީ 2017 ގެ 14:30 އާހަމަޔަށް ހުށަހަޅާ އެންމެ މަތީ އަގަކަށެވެ.

ނީލަން ނިންމުން:

ނީލަން ނިމުމުން އެންމެމަތީ އަގު ހުށަހަޅާފައިވާ ފަރާތަކަށް ސިވިލް ކޯޓުން އެކަން އަންގާނެއެވެ. އެފަރާތަކަށް ނީލަން ނިމުނުކަން ކޯޓުން އަންގާ ތަރީޚުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި (ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައި) އެފަރާތަކުން ހުށަހެޅި ޖުމްލަ އަގަށްވާ ފައިސާ ސިވިލް ކޯޓަށް ދައްކަންވާނެއެވެ. ނުދައްކައިފިނަމަ އެހުށަހެޅުން ބާޠިލްކުރުމަށް ނުވަތަ ދެވަނައަށް އެންމެމަތީ އަގު ހުށަހެޅިފަރާތަށް ނީލަން ނިންމާލުމުގެ ނުވަތަ ނީލަން އަލުން ފެށުމާއި މެދުގައި ގޮތެއް ކަނޑައަޅާނީ ސިވިލް ކޯޓުންނެވެ.

ނީލަން ނިންމުނުކަމަށް ސިވިލް ކޯޓުން ކަނޑައަޅާ ވަކިފަރާތަކަށް ނުއަންގާ ހިނދެއްގައި، ނީލަން ބާތިލް ކުރުމުގެ އިޚްތިޔާރު ސިވިލް ކޯޓަށް ލިބިގެން ވެއެވެ.

އަގު ހުށަހެޅުން:

ހުށަހެޅަން ޖެހޭގޮތް: ތިރީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކައިއެކު ސިޓީ އުރައެއްގައި ބަންދުކުރައްވާފައި ހެނދުނު 08:00 އާއި މެދުރުފަހުގެ 02:30  އާއި ދެމެދު ޖަސްޓިސް ބިލްޑިންގ ގެ ގުރައުންޑް ފްލޯރ ގައި ހުންނަ ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ. ސިޓީ އުރައިގެ ބޭރުގައި "ގްރާންޑެއްޒާ ސަފާރީ ބޯޓް ގަތުމަށްއެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.

  • އަމިއްލަ ފަރުދެއްނަމަ: ގުޅޭނެ ފޯނު ނަންބަރާއިއެކު އަގު (އެމެރިކާ ޑޮލަރުން) ސާފުކޮށް ބަޔާންކުރައްވާފައިވާ ސިޓީއެއް.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (ބިދޭސީއެއްނަމަ ޕާސްޕޯރޓުގެ ކޮޕީ).

ކުންފުންޏެއްނަމަ: - މިނީލަމާއި ގުޅިގެން ސިވިލް ކޯޓާއި މުޢާމަލާތް ކުރައްވާނެ ފަރާތަކާއި ގުޅޭނެ ފޯނު ނަންބަރާއިއެކު އަގު (އެމެރިކާ ޑޮލަރުން) ސާފުކޮށް ބަޔާންކުރައްވާފައިވާ ސިޓީއެއް.

-  ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ

-  މިނީލަމާއި ގުޅިގެން ސިވިލް ކޯޓާއި މުޢާމަލާތް ކުރައްވާނެ ފަރާތެއް ޢައްޔަންކުރައްވާފައިވާ ކުންފުނީގެ ޤަރާރު

-  ކުންފުނީގެ އަސާސީ ޤަވާޢިދު އަދި ހިންގާ ޤަވާޢިދުގެ ކޮޕީ

މީގެ އިތުރުން ނީލަމަށް ހުށަހަޅާ އަގު ދެއްކުމުގެ މާލީ ޤާބިލުކަން ހުށަހަޅާ ފަރާތުގެ ކިބައިގައި ހުރިކަން ސާބިތުކުރުމަށްޓަކައި އެންމެފަހުގެ ބޭންކް އެކައުންޓް ސްޓޭޓްމަންޓް (ފާއިތުވި 06 މަސްދުވަހުގެ) ހުށަހަޅަންވާނެއެވެ. މިގޮތަށް ހުށަހަޅާ އެކައުންޓް ސްޓޭޓްމަންޓް އަޕްޑޭޓްކުރެވިފައި އޮންނަންވާނީ އެންމެ ލަސްވެގެން އަގު ހުށަހަޅާ ތާރީޚްގެ 07 (ހަތެއް) ދުވަސްކުރިއަށެވެ. އަދި މިގޮތަށް ހުށަހަޅުއްވާ އެކައުންޓް ސްޓޭޓްމަންޓްވާންވާނީ ސީދާ އެފަރާތެއްގެ ބޭންކުން ދޫކޮށްފައިވާ އޮރިޖިނަލް ލިޔުމަކަށެވެ. މިބިޑާއިއެކު ހުށަހަޅުއްވަންޖެހޭ ލިޔުންތައް ފުރިހަމަ ކުރެވިފައިނުވާނަމަ، ބިޑް ބާޠިލްކުރުމުގެ ޙައްޤު ސިވިލް ކޯޓަށް ލިބިގެންވާކަމުގައި ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް: ސިވިލް ކޯޓު، ޖަސްޓިސް ބިލްޑިންގ ގެ ގްރައުންޑްފްލޯރ ކައުންޓަރ (ފޯން ނަންބަރު: 3006412 / 3006428 އީމެއިލް:  [email protected] ގުޅުއްވުންއެދެމެވެ.

 

05 ފެބުރުވަރީ 2017
ހޯދާ