ދިވެހިރާއްޖެ
ނަންބަރު: IUL)MMPRC-HR/1/2017/10)
އިޢުލާން
2017 ވަނަ އަހަރުގެ މާރިޗު މަހުގެ 08 ން 12ގެ ނިޔަލަށް ޖަރުމަނުވިލާތުގެ ބާރލިންގައި ބޭއްވުމަށް ހަމަޖެހިފައިވާ އައި.ޓީ.ބީ ފެއަރގައި ރާއްޖޭގެ ސްޓޭންޑްގައި އަތްތެރިމަސައްކަތް ހިލޭ ދައްކުވައިދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.
ވީމާ، މިކަމަކަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2017 ފެބުރުވަރީ 09 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00ށް ވެލާނާގޭ 4 ވަނަ ފަންގިފިލާގައި ހުންނަ މިކޯޕަރޭޝަންގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަކަށްފަހު 2017 ފެބުރުވަރީ 13 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00އަށް މި ކޯޕަރޭޝަނަށް ވަޑައިގެން ޕްރޮޕޯސަލް ހުށައެޅުއްވުން އެދެމެވެ. އިތުރު މަޢްލޫމާތު ހޯދުމަށް މިކޯޕަރޭޝަންގެ 3323228 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޟިރުނުވާ ފަރާތުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
08 ޖުމާދަލްއޫލާ 1438
05 ފެބުރުވަރީ 2017