ދިވެހިރާއްޖެ
އިޢުލާން
މިސްކޫލްގެ ކުރީގެ ވަށާފާރު ތަޅާލައި އަމިއްލަ ތަކެތީގައި އަލުން ރާނައި ސިމެންތިޖެހުމާއި، ކުލަލުމާއި، 2 ފާރުގެ ގޭޓް ރަނގަޅު ފެންވަރަކަށް ހަދައިދޭނޭ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 12 ފެބްރުއަރީ 2017ވާ އާދިއްތަ ދުވަހުގެ 13:00ށް މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 27 ފެބްރުއަރީ 2017ވާ ހޯމަ ދުވަހުގެ 13:30ށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށައަޅާ ފޯމް، 12 ފެބްރުއަރީ 2017ވާ އާދިއްތަ ދުވަހުން ފެށިގެން ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30ން މެންދުރުފަހު 13:30 އާއި ދެމެދު މިސްކޫލްގެ އޮފީހުން ލިބެންހުންނާނެއެވެ.
އަންދާސީ ހިސާބަށް މާރކްސް ދެވޭނެ މިންގަނޑުތައް:
ދާއިރާ |
މާރކްސް ދެވޭނެގޮތް |
ތަފްޞީލް |
ފޮރމިއުލަރ |
އަގު |
80% |
ޚިދުމަތުގެ އަގަށް ދެވޭ މާރކްސް: މާރކްސް ދެވޭނީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުގެ ބިޑްއިވެލުއޭޝަންއިން ފާސްވާ ފަރާތްތަކުން ހުށައަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. އެގޮތުން އެންމެ މަތީ މާރކްސް ލިބޭނީ އެންމެ ކުޑައަގަށެވެ. |
(Benchmark Price/Submitted Price)x Allocate Percentage |
މުއްދަތު |
10% |
މުއްދަތަށްދެވޭ މާރކްސް: މާރކްސް ދެވޭނީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުގެ ބިޑްއިވެލުއޭޝަންއިން ފާސްވާ ފަރާތްތަކުން ހުށައަޅާ އެންމެ ކުރު މުއްދަތަކީ ބެންޗު މާރކް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ މުއްދަތުތަކެއްގެ މެދުގައި ބަހާލައިގެންންނެވެ. އެގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ އެންމެ ކުރު މުއްދަތަކަށެވެ. |
(Benchmark days/Submitted number of day)x Allocate percentage |
ތަޖުރިބާ |
10% |
ތަޖުރިބާއަށް ދެވޭ މާރކްސް: މާރކްސް ދެވޭނީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުގެ ބިޑްއިވެލުއޭޝަންއިން ފާސްވާ ފަރާތްތަކުގެ ތެރެއިން ތަޖުރިބާގެ ގޮތުގައި ހުށައަޅާ އެންމެ ދިގު މުއްދަތަކީ ބެންޗްމާރކް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ ތަޖުރިބާ ތަކެއްގެ މެދުގައި ބާހާލައިގެންނެވެ. އެގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ އެންމެ ގިނަ ތަޖުރިބާއަށެވެ. |
(Benchmark Term/Submitted Term)x Allocate percentage |
05 ފެބްރުއަރީ 2017