ދިވެހިރާއްޖެ
މަޤާމް :މަސައްކަތު | |
---|---|
ބޭނުންވާ އަދަދު :9 | |
އެމް.އެން.ޑީ.އެފްގައި ކޮންޓްރެކްޓް އުޞޫލުން މަސައްކަތް ކުރުމަށްޓަކައި، މި ދަންނަވާ މަޤާމަށް މީހުން ބޭނުންވެއެވެ.
ބޭނުންވާ ދާއިރާ/ޔުނިޓް |
ބޭނުންވާ އަދަދު |
އާއްމުގޮތެއްގައި މަސައްކަތް ކުރަންޖެހޭ ތަން |
|
ކްއާޓަރ މާސްޓަރ ސަރވިސް |
2 |
މާލެ |
|
ސަޕްލައި ސަޕޯޓް ސަރވިސް |
2 |
މާލެ |
|
މާލެ އޭރިއާ / ހުޅުލެ ޕޯސްޓް |
2 |
ހުޅުލެ |
|
ޓްރާންސްޕޯޓް ސަރވިސް |
3 |
މާލެ |
|
މަޤާމު: |
މަސައްކަތު |
||
މުސާރަ: |
(މަހަކު) -/4865 ރުފިޔާ (ސަރވިސް އެލަވަންސް އަދި އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސް އާއެކު ޖުމްލަ މަހަކު 7567.75 ރުފިޔާ) |
||
ސަރވިސް އެލަވަންސް: |
(މަހަކު) -/1000 ރުފިޔާ |
||
އެހެނިހެން އެލަވަންސާއި އުޖޫރަ |
އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ 35% އާއި، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. އަދި ހުޅުލޭގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް މަސައްކަތު ނުކުންނަ ދުވަހަށް ކޮއްތު ފައިސާގެ ގޮތުގައި -/60 ރުފިޔާ ލިބޭނެއެވެ. |
||
ފެންވަރު ނުވަތަ ޝަރުތު:
|
އަސާސީ ތަޢުލީމުގެ ފެންވަރުހުރުމާއެކު، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން. |
||
ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު |
އެމް.އެން.ޑީ.އެފްގެ ސަރަހައްދުތަކުގައިވާ އެންމެހާ އިމާރާތްތަކާއި ގޯތިތެރެ ސާފުތާހިރުކޮށް ބެލެހެއްޓުމާއި، މަރާމާތުކުރަންޖެހޭ ތަންތަން މަރާމާތުކުރުމާއި ފާޚާނާތަކާއި، ޖަންކުޝަންތައް ސާފުކޮށް ބެލެހެއްޓުން. އަދި ގަސްތައްކޮށާ ގަސްތަކަށް ފެންދީ ބެލެހެއްޓުން. |
||
އިތުރު މަޢުލޫމާތު: |
މި މަޤާމުގެ ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯނު ނަންބަރު ޖައްސަވާ 2017 ފެބުރުވަރީ 16 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް ސިޓީ ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3342967 ނުވަތަ 3313724 ނަންބަރު ފޯނާ ގުޅުއްވުންއެދެމެވެ. |
8 ޖުމާދަލްއޫލާ 1438