ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤުރްއާން ކުލާހުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް

އިޢުލާން

 

 

ހދ މަކުނުދޫގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ޤުރްއާންކުލާހުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް، މަކުނުދޫ ކައުންސިލުން ހުށަހަޅާ ބީ.އޯ.ކިޔު އާއި އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާން (IUL)270/INDIV/2016/68 އާއި ގުޅިގެން އެކަށީގެންވާވަރަށް ޝައުޤުވެރިކަން ފާޅުކޮށްފައި ނުވާތީވެ، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 13 ފެބުރުއަރީ 2017 ވާ ހޯމަ ދުވަހުގެ 11.00 އަށް މަކުނުދޫ ކައުންސިލް އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 20 ފެބުރުއަރީ 2017  ވާ ހޯމަ ދުވަހުގެ 11.00 އަށް މިއިދާރާއަށް ދުރުވެ ބީލަން ހުށަހެޅުއް ވުމަށް ދަންނަވަމެވެ.

ކުންފުންޏެއްގެ ފަރާތުން ނުވަތަ އެހެން މީހެއްގެ ބަދަލުގައި މަޢުލޫމާތު ސާފުކުރުމަށް ނުވަތަ ބީލަން ހުށަހެޅުމަށް ހާޟިރުވާ ފަރާތްތަކުން އެމީހަކު ތަމްސީލް ކުރަނީ ކޮން ފަރާތެއްކަން އެނގޭނެ ސިޓީއެއް ހުށަހަޅަންވާނެއެވެ. މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައާއި ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެވޭނީ އެއްފަރާތެވެ. މަޢުލޫމާތު ސާފުކުމުގެ ބައްދަލްވުމަށް ހާޟިރުވެ ނުލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. އަދި ވިޔަފާރި އުޞޫލުން ރަޖިސްޓްރީ ކޮށްފައިނުވާ، އެއްވެސް ފަރުދަކަށްވެސް، ކުންފުންޏަކަށްވެސް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

އަދި ދަންނަވަމެވެ. މަތީގައި ބަޔާންކުރެވިފައިވާ މަސައްކަތް ކުރުމަށް ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ކޮންޓްރެކްޓަރަކަށް ހޮވޭނީ، ތިރީގައި މި ބަޔާންކުރާ ނުކުތާތަކަށް ކަނޑައެޅިފައިވާ އިންސައްތައިން ޕޮއިންޓް ދީގެން، އެންމެ މަތީ ޕޮއިންޓެއް ލިބިލައްވާފަރާތެވެ.

  1. ހުށަހަޅާފައިވާ އަގު ( 70 އިންސައްތަ )
  2. މިފަދަ މަސައްކަތްތައް ކުރުމުގެ ތަޖްރިބާ ( 10 އިންސައްތަ )
  3. މަސައްކަތް ފުރިހަމަ ކުރެވޭނެ މުއްދަތު ( 10 އިންސައްތަ )
  4. މިފަދަ މަސައްކަތް ކުރެވޭނެ ކަމުގެ މާލީ ޤާބިލުކަން ( 10 އިންސައްތަ )

ޝުކުރިއްޔާ

08 ޖުމާދުލްޢޫލާ 1438

05 ފެބުރުއަރީ 2017

05 ފެބުރުވަރީ 2017
ހޯދާ