ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ބައު ދަގަނޑު އަދި އެހެނިހެން އުކާލާ ތަކެތި ހުސްކޮއްދޭނެ ފަރާތެއް ހޯދުމަށް

                                                                FSM-ADV-2017/004

 

އިޢުލާން

 

                          

       މިކުންފުނީގެ ތިލަފުށީ ބޯޓުޔާޑުގައި ހުރި ބައު ދަގަނޑު އަދި އެހެނިހެން އުކާލާ ތަކެތި ހުސްކޮއްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

 

މުދަލުގެ ބާވަތް:  ބައު ދަގަނޑު، ބޭނުންކޮށްފައި ހުރި އަޑީތެޔޮ، ބޭނުން ނުކުރެވޭ ހަލާކުވެފައިވާ އިލެކްޓްރޯނިކް ސާމާނު

ތަން:      ފިއުލް ސަޕްލައިސް މޯލްޑިވްސް ބޯޓްޔާޑް، ކ.ތިލަފުށި

 

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 08 ފެބުރުވަރީ 2017 ވަނަ ދުވަހުގެ ރަސްމީ ގަޑި ނިމެންދެން މިކުންފުނީގެ ތިލަފުށި ބޯޓްޔާޑަށް ހާޞިރުވެ މިތަކެތި ބެއްލެވުމުގެ ފުރުސަތު ހުޅުވާލައިފާ ވާނެއެވެ.

މިތަކެތި ބެއްލެވުމަށްފަހު އަގު ހުށައެޅުން އޮންނާނީ 11 ފެބުރުވަރީ 2017 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:30 ގައި މިކުންފުނީގެ ބޯޓްޔާޑުގައެވެ.

އަގު ހުށައެޅުއްވުމަށް ހާޞިރުވެ ވަޑައިގަންނަވާ ފަރާތްތަކުން އެފަރާތެއްގެ ރަސްމީ ލިޔެކިޔުންތަކުގެ ކޮޕީ (އަމިއްލަ ފަރާތެއް ނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު) ހުށައަޅުއްވަން ވާނެއެވެ.

މިދެންނެވުނު ތަކެތި ބެއްލެވުމަށްފަހު، އެންމެ މަތިން އަގު ހުށައަޅުއްވާ ފަރާތަކަށް މިތަކެތި ހުސްކުރުމަށް 2 ދުވަހުގެ މުއްދަތެއް  ދެވޭނެ ވާހަކަ ދަންނަވާލީމެވެ.

       އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3331476 ނުވަތަ 3331417 ނަންބަރު ފޯނަށް ގުޅުވުން އެދެމެވެ.

 

                                    05 ފެބުރުވަރީ 2017

 

 

05 ފެބުރުވަރީ 2017
ހޯދާ